ކެނެޑާގެ އަލްބާޓާ ސްޓޭޓްގެ އޮނޯވޭ ނަމަކަށް ކިޔާ ރަށުގެ މީހުން ރަށު އޮފީހަށް ޝަކުވާ އުފުލީ ފެން އިސްކުރު ދޫކޮށްލުމުން ފިޔާތޮށި ކުލައިގެ ފެން އަންނާތީ އެވެ.
އެކަމާ ގުޅިގެން ރަށުގެ މޭޔަރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ ސިއްހަތަށް އެއްވެސް ގެއްލުމެއް ވާނެ ފެނެއް ނޫން ކަމަށެވެ. ނަމަވެސް ކަންވީގޮތް ރައްޔިތުންނާ ހިއްސާކުރުމަށް އެއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވުނީސް ކަަމަށެވެ. މޭޔަރު ވިދާޅުވެފައި ވަނީ ފެނަށް ފިޔާތޮށި ކުލަ އެރީ ފެން ސާފުކުރުމަށް އާއްމުކޮށް ބޭނުްކުރާ ކެމިކަލެއްގެ ސަބަބުން ކަމަށެވެ.
މޭޔަރު ވިދާޅުވެފައި ވަނީ ފެނަށް ފިޔާތޮށިކުލަ އެރީ ފެން ސާފުކުރުމަށް ބޭނުންކުރާ ޕޮޓޭސިއަމް ޕާމަންގަނޭޓް ފެނުގެ ރިޒާވްގެ ތެރެއަށް ލީކް ވުމުން ކަމަށެވެ. އަދި އެ ކެމިކަލް ފެނުގެ ކުލަ ބަދަލުވާ މިންވަރަކަށް ފެނުގެ ރިޒާވިއާ ތެރެއަށް ލީކްވީ ވޭލަކަށް މައްސަލަ ޖެހިގެން ކަމަށް ވެސް އެކަމާ ގުޅިގެން މައާފަށް އެދި މޭޔަރު ނެރުނު ބާނުގައި ވިދާޅުވެފައި ވެއެވެ.
"ފިޔާތޮށި ކުލައިގެ ފެން ތިޔަބޭފުޅުންގެ (ގެތަކުގެ) އިސްކުރުތަކުން އައުމަކީ ކަންބޮޑުވާނެ ކަމަކަށް ވާއިރު ، ޕޮޓޭސިއަމް ޕާމަންގަނޭޓަކީ ފެން ސާފުކުރުމުގެ މަސައްކަތުގައި، ފެނުގައިވާ އަޔަން އާއި މެންގަނީޒް ސާފުކުރުމަށް ބޭނުންކުރާ އެހީތެރިވާ އެއްޗެކެވެ. އަދި އެއީ ރައްޔިތުންނަށް ނުރައްކަލެއްވާނެ އެއްޗެއް ނޫނެވެ،" މޭޔަރުގެ ބަޔާނުގަައި ވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯއިން ބުނެފައިވާ ގޮތުގައި ޕޮޓޭސިއަމް ޕާމަންގަނޭޓަކީ އެ ކެމިކަލްގެ ސަބަބުން ހަންގަނޑު ކެހުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކެމިކަލެކެވެ. ނަމަވެސް ކެނެޑާގައި ފިޔާތޮށި ފެނުގެ ސަަބަބުން އެކަހަލަ މައްސަލައެއް ބަޔަކަށް ކުރިމަތިވި ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.