LIVE UPDATES

އިދިކޮޅު ބަލިވެ، މަސީހަށް ކާމިޔާބު

Updated:
6
  • މަސީހަށް އިތުބާރު އޮތް ކަމަށް 48 ބޭފުޅުން ވޯޓް ދެއްވި
  • 13 މެންބަރެއްގެ ނަން އިއްވައި ބޭރު ކުރި
  • އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ދޫކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައިގެ ވޯޓް ނެގުމުގެ ޖަލްސާ މިއަދު 9:00 ޖަހާއިރު މަޖިލީހުގައި ކުރިޔަށްދާނެ އެވެ. މިވޯޓް ވެގެންދާނީ ވަރަށް ތާރީހީ ވޯޓަކަށެވެ. އަދި މިވޯޓާބެހޭ ގޮތުން ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން ވޯޓް ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ދޭއިރު މައްސަލަ ވެއްދި އިދިކޮޅު ފަރާތްތަކުން ވެސް ބުނެފައި ވަނީ ވޯޓް ކާމިޔާބު ކުރާނެ ކަމަށެވެ. މި ހާއްސަ ވޯޓާ ދިމާކޮށް ސަލާމާތީ ބާރުތައް ވަނީ މާލޭގައި ހާއްސަކޮށް މަޖިލިސް ހިމެނޭ ސަރަހައްދުގައި ސަލާމާތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ދަށުން އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ބޭފުޅެކެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އިދާރާ އާއި މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސްވެރިޔާ އެވެ. މަޖިލީހުގެ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ހިނގާ އެއްވެސް ކަމެއްގައި، މަޖިލީހުގެ ރައީސް ހިޔާލެއް ފާޅުކުރައްވައި އެކަމާމެދު ގޮތް ހާމަ ކުރުމެއް ނޯވެ އެވެ.


މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ.