ހަބަރު

ސައުދީގެ ވޯކްޝޮޕެއްގައި ދިވެހި އިމާމުން ބައިވެރި ވެއްޖެ

އިމާމުންނަށް އަމާޒު ކޮށް ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ވޯކްޝޮޕެއްގައި ދިވެހި އިމާމުން ބައިވެރި ވެއްޖެ އެވެ.

ރާއްޖޭގެ އިމާމުންނާއި ހަތީބުންގެ ގާބިލިއްޔަތުކަން އިތުރު ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ފެށި މަސައްކަތްތަކުގައި ސައުދީގެ މަކްތަބުއް ދައުވާ ވަލް އިރުޝާދުން އިންތިޒާމް ކޮށްގެން ހިންގާ ވޯކްޝޮޕްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ބެޗް ކިޔަވަން ހަމަޖެހިފަ ވަނީ މައްކާގެ އުއްމުލްގުރާ ޔުނިވާސިޓީގަ އެވެ.

މި ވޯކްޝޮޕް ގައި އިމާމުންނަށް ގުރުއާނާއި ފިގުހުގެ އިތުރުން ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމާއި މުޖުތަމައުގައި ދިމާވާ ދީނީ މައްސަލަތަކަށް ހައްލުކުރާނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ދޭނެ އެވެ. އަދި މި ވޯކްޝޮޕްގައި ރާއްޖެއިން 12 އިމާމުން ބައިވެރިވެފައި ވެއެވެ. ފުރަތަމަ ބެޗްގެ ބައިވެރިން މިމަހު 25 ގައި ރާއްޖެ އަންނާނެ އެވެ.