ހަބަރު

މަހިބަދޫ ބަނދަރުގެ ހަދަން ސެނޮކް ޓްރޭޑް ކޮމްބައިންއަށް

އަދ. މަހިބަދޫ ބަނދަރު ހެދުމުގެ މަސައްކަތް ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އާއި މިއަދު ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ސެނޮކް ޓްރޭޑް ކޮމްބައިން ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ޖެރާޑް ފެނާންޑޯ އެވެ.

ހައުސިން މިނިސްޓްރީން މައުލުމާތު ދީފައިވާ ގޮތުގައި މި އެއްބަސްވުމަކީ މަހިބަދޫގެ ބަނދަރު ހަދައި ތަރައްގީ ކުރުމަށް ދެފަރާތުގެ ދެމެދު ވެވުނު އެއްބަސް ވުމެކެވެ. އަދި މި މަސައްކަތުގެ އަގު 31.5 މިލިއަނަށް އަރާ ކަމަށް މައުލުމާތު ދީފައި ވެއެވެ. މީގެ އިތުރުން ބުނީ މި ބަނދަރަކީ 700 އަކަފޫޓާއި 200 އަކަފޫޓުގެ ބަނދަރެއް ކަމަށާއި ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ނިންމާ ބޭނުން ކުރަން ފެށޭ ވަރު ވާނެ ކަމަށެވެ.