ހަބަރު

އާޒިމްގެ ބަންދަށް ހަ ދުވަސް ޖަހައިފި

ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް ހިތްވަރުދީ ޝަރުއީ ނިޒާމްގެ އިތުބާރު ގެއްލޭ ފަދަ ވާހަކަ ފަތުރަމުން ގެންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާދަމް އާޒިމްގެ ބަންދަށް ކުރިމިނަލް ކޯޓުން ހަ ދުވަސް މިއަދު ޖަހައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ގެ ބަންދަށް ހަ ދުވަސް ޖަހާފައިވަނީ އޭނާގެ ބަންދަށް ވަކި ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ހާަޒިރު ކުރުމުންނެވެ.

އާޒިމް ވަނީ މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ވެސް ކުރައްވާފަ އެވެ. އާޒިމް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ގޭގައި މިއަދު ހެނދުނު ހުންނަވަނިކޮށެވެ.