ހަބަރު

ޕްރޮމޯޝަނެއް ކަމަށް ބުނެ އޮޅުވާލައިގެން އެކައުންޓްގެ މައުލޫމާތު ހޯދަނީ!

ޕްރޮމޯޝަނެއް ކަމަށް ބުނެ އޮޅުވާލައިގެން ބެންކް އެކައުންޓް ނަމްބަރު ހޯދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިރޭ ބުނީ ޕްރޮމޯޝަނެއް ކަމަށް ބުނެ އޮޅުވާލައިގެން އެ ކުންފުނީގެ ބައެއް ކަސްޓަމަރުން އަތުން އެކައުންޓުގެ މައުލޫމާތާއި ފައިސާ ފޮނުވުމަށް އެދެމުންދާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ފޯންކޯލު ތަކަކީ ސައްހަ ކޯލުތަކެއް ނޫން ކަމަށާއި އެހެންކަމުން ބެންކް އެކައުންޓުގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ބީއެމްއެލްއިން އިލްތިމާސް ކުރި އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ބީއެމްއެލްގެ ކަސްޓަމަރުން މިފަދަ ކަންކަމަށް އިތުރަށް ސަމާލުވެ ހުރިހާ ވަގުތެއްގައި ވެސް ރައްކާތެރިވެ ތިބުން،" ބީއެމްއެލްއިން ބުންޏެވެ.

މިދިޔަ އަހަރު ތެރޭ ވެސް މިފަދަ ބައެއް މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އެކި ކުންފުނިތަކުގެ ޕްރޮމޯޝަންގެ ނަމުގައި އާންމު ފަރާތްތަކަށް ގުޅާ ރީލޯޑު އަޅާ ދިނުން ފަދަ މައްސަލަތައް ވަނީ ހިނގާފަ އެވެ.