ހަބަރު

ބިޔަރު ދަޅުތަކަކާއެކު މާފުށިން މީހަކު ހައްޔަރުކޮށްފި

Jun 27, 2017
1

ބިޔަރު ދަޅުތަކަކާއެކު މީހަކު ހައްޔަރުކޮށްފި އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު 12:37 ހާއިރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައިވަނީ ރޭ ފުލުހުން ކ. މާފުށީގައި ހިންގި އޮޕަރޭޝަނެއްގައި އެ ރަށުން ކަމަށެވެ. އޭނާ ހައްޔަރުކުރީ 15 ބިޔަރު ދަޅާއެކު އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނެކެވެ. އެމީހާގެ ބަންދަށް ވަނީ 13 ދުވަސް ޖަހާފަ އެވެ.