ހަބަރު

ރިޔާސަތަށް ހުރަސް އެޅޭ ތަކެތި ނުވެއްދޭ ގޮތަށް ފާސްގެން ބޭއްވި ފުރަތަމަ ޖަލްސާގައިވެސް އިހުތިޖާޖު ފަށައިފި

Apr 21, 2015

އަޑުގަދަކުރާ އާއި އެ ނޫން ވެސް ގޮތަކުން ރިޔާސަތަށް ހުރަސްއެޅޭނެ ފަދަ ކަމާ ނުބެހޭ ތަކެތި ރައްޔިތުންގެ މަޖިލީހަށް ވެއްދުން މަނާ ކުރަން އަސާސީ ގަވާއިދަށް އިސްލާހު ގެނެސް ފާސްކޮށްފައި ވަނިކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ވެސް ފެށުމާއެކު އެމްޑީޕީގެ މެންބަރުން އަޑުގަދަކޮށް އިހުތިޖާޖު  ފަށައިފި އެވެ.  

މެންބަރު އިހުތިޖާޖު ފެށުމާއެކު މިއަދު ވަނީ މަޖިލީހުގެ ލައިވް ފީޑް ކަނޑާލާފައެވެ.

މިއަދު ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ސައުދީ އަރަބިއްޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މ. ކްރެސްޓްވުޑް އަބްދުﷲ ހަމީދު އައްޔަން ކުރުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ދާއިމީ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ އާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އިގްތިސޯދީ ކޮމެޓީން ދިރާސާކޮށް    ނިންމި ގޮތުގެ ރިޕޯޓް އިއްވުމެވެ.