ހަބަރު

ސައުދު މާފަށް އެދެން ޖެހޭނެ: ސައީދު

ގއ. ވިލިނގިއްޔާއި ކޮލަމާފުއްޓަށް ރައީސް އަބުދުﷲ ޔާމީން ހޯއްދަވައި ދެއްވާފައިވާ ތަރައްގީން ހައިރާންވާ ކަމަށާއި އެ ދާއިރާގެ ކުރީގެ މެންބަރު ސައުދު ހުސެއިން ރައްޔިތުންގެ ކިބައިން މާފަށް އެދި ވަޑައިގަންނަވަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. -- ސައުދު ވަނީ ޕީޕީއެމް ދޫކުރައްވާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ.

ގއ. ވިލިނގިލީގައި ރޭ ބޭއްވި ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ރައްޔިތުންގެ އިހުސާސްތައް ސަރުކާރާއި ރައީސްއާ ހަމަޔަށް ގެންދިއުމަށް ހޮވި ބޭފުޅަކު ބަދަލުވެ، ގޮނޑި ގެއްލި ދިއުމުން ވިސްނާ ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. އަދި މާފަށް އެދި ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ވެރިކަމާއި ހަވާލުވެ ހުންނެވި ރައީސަކީ ބޭރާއި އެތެރޭގެ ފިއްތުންތަކާ އެކުވެސް ބޭނުންވާ އުންމީދުތަކާ ހަމައަށް ދިވެހިންވާސިލް ކޮށްލައިދޭން ކެރި ވަޑައިގަންނަވާ އަމާނާތްތެރި ލީޑަރެއް ކަމަށެވެ.

"ވަސީލަތްތައް ކުޑަ ގައުމެކޭ ކިޔައި ގަމީހަށް ރުލެއް އަރުވާނުލާ 30 އަހަރު ވަންދެން ވެރިކަން ކުރައްވާފަ ދިޔައިމާ އެކުރެވުނީ މަސައްކަތްތޯ؟މިއަދު އިދިކޮޅު ފަރާތަކުން އެކި ޒާތްޒާތުގެ ވާހަކަ ދައްކާ ގައުމުގެ ތަރައްގީގެ ސްޕީޑް ހުއްޓުވަން ނޫޅޭ،" ސައީދު ވިދާޅުވި އެވެ.