ވިޔަފާރި

17 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ މެޗުތައް ދިރާގު ޓީވީން ވަގުތުން

Oct 6, 2017

މާދަމާ ފަށާ ފީފާ ވޯލްޑްކަޕްގެ 17 އަހަރުން ދަށުގެ މުބާރާތުގެ މެޗުތައް "ދިރާގު ޓީވީ" އިން ވަގުތުން ގެނެސްދޭން ނިންމައިފި އެވެ.

ދިރާގުން ބުނީ މާދަމާ އެ މުބާރާތް ފަށާ މެޗު ސޮނީ ޓެން ޓޫ އެޗްޑީ ޗެނަލް އިން ގެނެސްދޭނެ އެވެ. އެ މެޗު މާދަމާ ހަވީރު 4:30 ގައި ފަށާއިރު މެޗުގައި ބައްދަލުކުރާނީ ކޮލަމްބިއާ އާއި ގާނާ އެވެ. މުބާރާތުގެ އެހެން މެޗުތައް ސޮނީ ޓެން ޓޫ އެޗްޑީ، ސޮނީ އީއެސްޕީއެން އެޗްޑީ އިން ގެނެސްދޭނެ ކަމަށެވެ.

ސަތާރަ އަހަރުން ދަށުގެ ވޯލްޑް ކަޕް މި މަހުގެ 28 ގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. މި އަހަރު އެ މުބާރާތް ކުރިއަށް ގެންދަނީ އަވަށްޓެރި އިންޑިއާގަ އެވެ.

ބެލުންތެރިންނަށް އެންމެ ކަމުދާކަހަލަ މުނިފޫހި ފިލުވައިދޭ ޗެނަލްތައް އެޗްޑީކޮށް ގެނެސްދިނުމަށް ދިރާގުން ސަމާލުކަން ދެ އެވެ. ދާދި ފަހުން ދިރާގު ޓީވީ ގެ ހިދުމަތަށް ވަނީ އިތުރު ފަސް ޗެނަލް ތައާރަފްކޮށްފަ އެވެ.

ދިރާގު ޓީވީން ދިވެހި ހުރިހާ ޗެނަލެއްވެސް ފެނެ އެވެ. އަދި މިހާރު ވެސް މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ސޮނީ އީއެސްޕީއެން، ޓެން ސްޕޯޓްސް އާއި ބީބީސީ އާތު ހިމެނެ އެވެ.

ދިރާގު ޓީވީން 300 ރުފިޔާގެ ފީ އަކަށް 80 އަށް ވުރެ ގިނަ ޗެނަލްގެ ހިދުމަތް ލިބޭނެ އެވެ.