ހަބަރު

ސަންގްރިއްލާގެ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްވި މީހަކު ހައްޔަރުކޮށްފި

Apr 25, 2015

އައްޑު އަތޮޅުގައި ހިންގާ ސަނގުރިއްލާ، ވިލިގިނލި ގިން އަދަދެއްގެ ފައިސާ އަށް ހިޔާނާތްވި ކަމުގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ރިސޯޓްގެ އެކައުންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން އައި އެމީހާ ހިޔާނާތްވެފައި ވަނީ 68000 ޑޮލަރު، (ގާތްގަނޑަކަށް 1.04 މިލިއަން ރުފިޔާ) އަށެވެ.

ފުުހުން ބުނީ ސަންގްރިއްލާގެ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްވި އެ ރިސޯޓްގެ މުވައްޒަފަކު ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.