chattelegramwhatsappviber google-plus twitter facebook

ރާއްޖެ

ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ

އެމްއެންޑީއެފްގެ އުޅަނދެއް: --

ތިން މީހަކާއެކު ޅ. ހިންނަވަރުން ފުރައިގެން ނ. މިލަންދޫއަށް ދަތުރުކުރަނިކޮށް މިއަދު ގެއްލުނު ޑިންގީ ފެނިއްޖެ އެވެ.

އެ ޑިންގީ ފެނުނީ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ކޯސްޓުގާޑުގެ ލޯންޗަށް މިރެ އެވެ. އެމްއެންޑީއެފުން ބުނީ ލޯންޗު ފެނުނީ މިލަންދޫގެ އިރުން 30 ނޮޓިކަލް މޭލު ބޭރުން އޮޔާދަނިކޮށް ކަމަށެވެ.

ޑިންގީ ފެނުނުއިރު އޭގައި ތިބި ތިން މީހުންގެ ހާލުވެސް ރަނގަޅެވެ. އެމްއެންޑީއެފުން ބުނީ ޑިންގީ އޮޔާ ދިޔައީ މޫސުން ގޯސްވެ ދަތުރުކުރި މިސްރާބު އޮޅި، ޑިންގީން ޕެޓްރޯލް ހުސްވެގެން ކަމަށެވެ.

އެ ޑިންގީ ގެއްލުނީ މިއަދު ހެނދުނު ހިންނަވަރުން ފުރައިގެން މިލަންދޫއަށް ދަތުރުކުރަމުން ދަނިކޮށެވެ. އެ ޑިންގީ އަކީ މިލަންދޫ މީހުން ދުއްވާ ޑިންގީއެކެވެ.

ޑިންގީގެ ހަބަރެއް ނުވެގެން ރިޕޯޓް ކޮށްފައިވަނީ ޑިންގީގެ ހަބަރެއް ނުވާތާ ދެ ގަޑިއިރު ފަހުން މިއަދު 11:17 ހާއިރު އެވެ. އެއީ 18 ފޫޓުގެ އަޅިކުލައިގެ ޑިންގީއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު