ހަބަރު

ސަމްސުންގެ ޕްރޮޑަކްޓްތަކަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފި

Apr 26, 2015

ސަމްސުންގެ ޕްރޮޑަކްޓްތައް ވިއްކާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

"އާކް ޝޯރޫމް" ގެ  ނަމުގައި ފިހާރަ ހުޅުވާފައި ވަނީ އޯކިޑް މަގުގައި ހުންނަ އެމްއެޗްއޭ ބިލްޑިންގެ ގްރައުންޑް ފްލޯގަ އެވެ.

އާކް ވެންޗާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންބުނީ އަލަށް ހުޅުވި ޝޯރޫމްގައި ސަމްސުންގް ބްރޭންޑުގެ ގިނަ ބާވަތްތަކުގެ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނު ވިއްކާނެ ކަމަށާއި އޭގެ ތެރޭގައި އާންމުކޮށް ގޭތެރޭގައި ބޭނުން ކުރާ ސާމާނާއި، ވިޔަފާރިތަކަށް ބޭނުންވާ ބާވަތްތަކުގެ މުދާ ހިމެނޭ ކަމަށެވެ.

އާކް ވެންޗާޒް އިން ބުނީ ސަމްސުންގްއިން އަލަށް ނެރޭ ކުރާ މުދާ ދުނިޔޭގެ ބާޒާރަށް ތައާރަފް ކުރުމާއެކު އެ މުދަލެއް އާކް ޝޯރޫމްއިން ލިބެން ހުންނާނެގޮތް ހަދާނެ ކަމަށާއި ޕްރޮޑަކްޓް ވިއްކުމަށް ފަހު  އާފްޓާ ސާވިސްގެ ޚިދުމަތް ވެސް ދޭނެ ކަމަށެވެ. ސަމްސުންގް މުދާ އަވަށްޓެރި ގައުމުތަކުން ލިބޭ އަގުތަކަށްވުރެ ހެޔޮކޮށް އާކް ޝޯރޫމުން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާކް ޝޯރޫމްއިން ލިބޭ ތަކެތީގެ ތެރޭގައި ސަމްސަންގް މޯބައިލް ފޯނާއި އެއާ ކޮންޑިޝަނާ އާއި އައިސް އަލަމާރި އާއި ދޮންނަމެޝިނާއި ޑިޝް ވޮޝާ އާއި ޓީވީ އާއި ޑީވީޑީ ޕްލެޔަރާއި ވެކިއުމް ކްލީނާ އާއި ޕްރިންޓަރާއި ޕްރިންޓަ ކާޓްރިޖް ފަދަ ސާމާނު ހިމެނެ އެވެ.

އާކް ޝޯރޫމް އިން ވިއްކާ ގިނަ ބާވަތް ތަކުގެ މުދަލަށް މަދުވެގެން ދެ އަހަރުގެ ވޮރަންޓީ ދޭއިރު މުދާ ގަންނަ ފަރާތްތަކަށް މުދާ ޑެލިވާކޮށް އިންސްޓޯލްކޮށްދެ އެވެ.