ހަބަރު

ނާޒިމް މިނިވަން ކުރާނަން: ނަޝީދު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިނިވަން ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ޖަލަށްލީތާ 1000 ދުވަސް ހަމަވުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނާޒިމް ފްރޭމްކޮށް ނުހައްގުން ޖަލަށްލައި އަނިޔާ ލިބޭތާ 1000 ދުވަސް ވެފައިވާ ކަމަށެވެ. އަދި ނާޒިމް މިނިވަން ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނާޒިމް މިނިވަން ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އިރު، ނަޝީދު ވަނީ މީގެ ކުރިން ނާޒިމަކީ ވެރިކަން ވައްޓާލުމަށް ބަގާވާތްކުރި ބޮޑުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ވިދާޅުވެފަ އެވެ.

ނާޒިމް ޖަލަށް ލީތާ 1000 ދުވަސް ހަމަވުމާއި ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކުން ދަނީ އޭނާ ދޫކޮށްލުމަށް ގޮވާލަމުންނެވެ. ކުރީގެ ރައީސް މައުމޫންވެސް ވަނީ ނާޒިމް ދޫކޮށްލުމަށް ގޮވާލާފަ އެވެ.