ހަބަރު

ހުރިހާ ދާއިރާއަކުން ގައުމު ތަރައްގީ ކުރަން އަންހެނުން ނުކުތުމަށް ބަންޑާރަ ނައިބު ގޮވާލައްވައިފި

Apr 29, 2015

ގައުމު ބިނާ ކުރުމުގެ ހުރިހާ ދާއިރާއަކަށް އަންހެނުން ނުކުތުމަށް މިނިސްޓާ އޮފް ލޯ އެންޑް ޖެންޑާ މުހައްމަދު އަނިލް ގޮވާލައްވައިފި އެވެ.

އައްޑު އަތޮޅު އިސްމަހެލާހެރެ ޕްރޮޖެކްޓް އިފްތިތާހު ކުރުމަށް  ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އަނިލް ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުން  ބޭނުން ވަނީ ރާއްޖެ ތަރައްގީވާން ކަމަށާއި އެ ތަރައްގީ ގެނައުމަށް ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައިގެ ހިއްސާ މުހިންމުވާ ކަމަށެވެ،

"އެހިއްސާ ފުރިހަމައަށް ބައިވެރި ކުރުން ވަރަށް މުހިންމު އެއީ ދިވެހި އަންހެނުންގެ ހިއްސާ. ރާއްޖޭގެ ތެރައްގީއަށް އަންހެނުންގެ ހިއްސާ ވަރަށް މުހިންމު،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވެރި ކަމަށް އައީ ވަރަށް ގިނަ ވައުދުތަކާއެކުގައި ކަމަށާއި މި ސަރުކާރުގެ މެނިފެސްޓޯގައި އަންހެނުންގެ ތަރައްގީއާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ވެސް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި އަންހެނުން އިގްތިސޯދީ ގޮތުން ބާރުވެރި ކުރުވުމުގެ ވައުދު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަންހެނުންނަކީ އޭގެ ޒާތުގައި ގިނަ ހިދުމަތްތަކެއް ކުރާ ބައެއް މި ހިދުމަތްތައް ކުރާއިރުވެސް އަންހެނުންނަށް ގޮންޖެހުންތަކެއް އެބަހުރި އެއް ހަމައިގަ ފުރުސަތުތައް ހޯދުމުގައި  އިގްތިސޯދީ މަސައްކަތް ކުރުމުގައި އިޖުތިމާއީ ގޮތުން މަސައްކަތް ކުރުމުގައި ހަމަ އެހެންމެ ގައުމު ތަރައްގީ ކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަކީ ވަރަށް މުހިންމު ކަމެއް  ހުރިހާ އަންހެނުންނަށް ފުރުސަތު ހޯދައި ދިނުމަށް ވަޒީފާ ދޭ ފަރާތްތކުން  ގާނޫނު ހަދާ ފަރާތްތކުން  އާއިލާތުން ވެސް އެ މަސައްކތް ކުރަންޖެހޭ  އެހެންނޫނީ ލަނޑުދަނޑި ހާސިލެއް ނުވާނެ،" އަނިލް ވިދާޅުވި އެވެ.

"އަނހްނުންނަށް ދަންވާލަނީ ނުކުންނަވާށޭ  އަބުރުވެރި ކަމާއެކު ހީވާގި ކަމާއެކު ޝައުގުވެރި ކަމާއެކު  ގައުމަށް ހިދުމަތް ކުރަން ނުންނަވާށޭ  ވަޒީފާ އަދާ ކުރަން ނުކުންނަވާށޭ  ގައުމު ބިނާ ކުރަން ނުކުންނަވާށޭ  ފަތުރުވެރި ކަމުގެ ދާއިރާއަށް ނުކުންނަވާށޭ  މަސައްކަތުގެ ދާއިރާއަށް ނުކުންނަވާށޭ  ފަންނީ އަދި ސިޔާސީ ދާއިރާއަށް ނުކުންނަވަށޭ އިސް މަގާމު ތަކަށް ނުކުންނަވާށޭ،"