ހަބަރު

އޮސްޓްރޭލިއާ ސްކޮލަޝިޕް ލިބުނު ފަރާތްތަކަށް ލިއުން ހަވާލުކޮށްފި

Nov 23, 2017
1

އެކި ގައުމުތަކުގެ މީހުން މަތީ ތައުލީމު ހާސިލުކުރަން ފުރުސަތު ދިނުމަށް އޮސްޓްރޭލިއާ ސަރުކާރުން ހިންގާ ޕްރޮގްރާމް ' އޮސްޓްރޭލިއާ އެވޯޑްސް ' ދަށުން ރާއްޖެއަށް މިފަހަރު ދިން 10 ފުރުސަތަށް ހޮވި ވަޑައިގެންނެވި ބޭފުޅުންށް އެކަމުގެ ލިއުން ހަވާލުކޮށްފިއެވެ.

މާސްޓާސް ފެންވަރަށް ކިޔެވުމަށް ދިން އެ ސްކޮލަޝިޕްތައް ލިބި ވަޑައިގެންނެވި ބޭފުޅުންނަށް އެކަމުގެ ލިއުން ހަވާލުކޮށްދެއްވީ ރާއްޖެއަށާއި ސްރީލަންކާއަށް އޮސްޓްރޭލިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރައިސް ހަޗިސަން އެވެ. ހޮޓެލް ޖެންގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގަައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި އޮސްޓްރޭލިއާއިން ކިޔަވައިވިދާޅުވެގެން ތިއްބެ ބައެއް ބޭފުޅުން ބައިވެރިވެޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ދެއްކެވި ވާހަކަފުޅުގައި ، ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހިތްވަރު ދެއްވައި، އެ ފުރުސަތުގެ މުހިއްމު ކަން ފާހަކަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެގައުމުގައި ކިޔެވުމަކީ ހަޔާތަށް ބަދަލުތަކެއް އަންނަ ފަދަ ތަޖުރިބާތަކެއް ކުރެބވޭނެ ކަމެއް ކަމަށެވެ.

އޮސްޓްރޭލިއާ އެވޯޑްސް ގެ ދަށުން ފުރުސަތު ދެނީ މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމަށެވެ. އެ ފުރުސަތަށް ރާއްޖޭން މިފަހަރު 100 އަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލެއްވި އެވެ.