ހަބަރު

އެޑިއުކޭޝަންގެ ސިޔާސީ މަގާމަކަށް އާސަންދަގެ ކުރީގެ އެމްޑީ

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަކަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް، ހަސަން އަލީ އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ހަސަން އެ މަގާމަށް އައްޔަން ކޮށްފައިވަނީ އިއްޔެ ކަމަށެވެ. މީގެ ކުރިން އޭނާ ހުންނެވީ އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމުގައި އެވެ. އެ މަގާމުން ހަސަން ވަކިކޮށްފައިވަނީ އިއްޔެ އެވެ.

ހަސަން އަލީ މީގެ ކުރިން ވަނީ ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކޮށްފަ އެވެ. އަދި އޭނާ ވަނީ އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމާއި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.