ހަބަރު

ފީއަލީ ކައުންސިލްގެ ތިޖޫރީ ފަޅާލައި ދެމިލިޔަން ރުފިޔާ ވަގަށް ނަގައިފި

May 4, 2015
1

ފ. ފީއަލީ ކައުންސިލް އިދާރާ އާއި އެ ރަށު ކޯޓް ތިޖޫރި ފަޅާލައި ދެ މިލިއަން ރުފިޔާ ވަގަށް ގެންގޮސްފި އެވެ.

އެރަށުގެ ކައުންސިލް އިދާރާގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ތިޖޫރީ ފަޅާލައި ދެ މިލިއަނެއްހާ ރުފިޔާ ވަގަށް ގެންގޮސްފައިިވާއިރު ހަމަ އެ އިމާރާތުގައި އެ ރަށު ކޯޓުގެ ތިޖޫރީވެސް ފަޅާލާލި އެވެ. ނަމަވެސް އެއީ ހުސް ތިޖޫރީ އެކެވެ.

ފީއަލީ ކައުންސިލް އިދާރާއިން ބުނީ ދެ ތިޖޫރީ ފަޅާލާފައި ވަނީ ރޭ ދަންވަރު ކަމަށް ބެލެވޭ ކަމަށާއި ފުލުހުން އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.