ހަބަރު

21 ބަޑީގެ ސަލާމަކާ އެކު ޕާކިސްތާނުން ރައީސް ޔާމީނަށް މަރުހަބާ ކިޔައިފި

May 6, 2015

ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު ‏‏އިބްރާހީމް، ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިއަދު ‏‏މެންދުރުފަހު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އިސްލާމްއާބާދުގެ ވައިގެ ބަނދަރުން، ރައީސްގެ ދެކަނބަލުންނަށް މަރްޙަބާ ‏‏ވިދާޅުވީ، ‏ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފެވެ. ރައީސް ޔާމީން އެމަނިކުފާނުގެ އަނބިކަނބަލުން މަތިންދާބޯޓުން ފައިބާ ‏‏ވަޑައިގަތުމާއެކު‏ 21 ބަޑީގެ ސަލާމެއް އެރުވުނެވެ. ‏

މާދަމާގެ ނިޔަލަށް ރައީސް ކުރައްވާ ‏‏‏މި ދަތުރުފުޅުގައި، ‏ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނާއި، ‏ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ‏‏‏ނަވާޒް ޝަރީފާ ބައްދަލުކުރައްވައި، ‏ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ‏‏‏ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ‏‏ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ.‏ ‏