LIVE UPDATES

ރިޔާސީ ބަޔާން އިއްވައިފި

މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމަށް ބާއްވާ ޖަލްސާ ފަށައިފި އެވެ. ޖަލްސާ ކުރިޔަށް ދަނީ ދަރުބާރުގޭގަ އެވެ. ޖަލްސާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ފައްޓަވައިދެއްވާފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ހަތަރުވަނަ ރިޔާސީ ބަޔާން އިއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ރައީސް ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް މުޅި ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާއިރު މަޖިލިސް ހުޅުވުމުގެ ޖަލްސާ ރޭގަނޑު ބާއްވާފައެއް ނުވެ އެވެ. ނަމަވެސް ރައީސް ވަހީދުގެ ރިޔާސީ ބަޔާން އިއްވެވި ޖަލްސާއެއް ރޭގަނޑާއެކު ދިގުލައި ދިޔައެވެ. މިރޭ އިދިކޮޅު މެންބަރުން ވަނީ ޖަލްސާ ބާއްވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ބޮއިކޮޓްކޮށްފަ އެވެ. މެންބަރުން ބޮއިކޮޓްކޮށްފައިވަނީ މިއީ ދައުރުގެ ފުރަތަމަ ޖަލްސާގެ ގޮތުގައި ބާއްވާއިރު ދައުރުން ފެށުނު ފަހުން ދެ ޖަލްސާއެއް ބާއްވާފައިވާތީ އެވެ. އަދި 12 މެންބަރުން ނުހިމަނައި ޖަލްސާ ކުރިއަށް ގެންދާތީ އެވެ.