ހަބަރު

ް

ބ.އޭދަފުށްޓާއި ލ. ފޮނަދޫގައި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓް އަޅާނެ ބަޔަކު ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާނުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ސަރުކާރުގެ ގެޒެޓުގައި މިއަދު ޖެހި އިއުލާނުގައި ބުނީ ފެންފުޅި ބަންދުކުރާ ޕްލާންޓް ( ޓާންކީ ބޮޓްލިން ޕްލާންޓް) އަޅަން ޝައުގުވެރިވާ ފަރާތްތަކުން މާޗް މަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން އެކުންފުންްޏަށް އަންގަން އެދޭ ކަމަށެވެ.

ޕްލާންޓްއަޅާނެ ބަޔަކު ހޯދަން މިއަދު އިއުލާނު ކުރި ދެރަށުގެ ތެރެއިން ބ. އޭދަފުށީގައި އެ މަސައްކަތްކުރަން ފެނަކަ ކޯޕަރޭޝަނަށް 3000 އަކަފޫޓުގެ ބިމެއް ވަނީ ދޫކޮށްފައެވެ. އޭދަފުށީ ކައުންސިލުން އެ ބިން ދޫކުރީ މިދިޔަ 2017 ވަނަ އަަހަރުއެވެ. ފެނަކަ ކޯޕަރޭޝަނުން މި ދެ ރަށުގައި ޕްލާންޓް އަޅާ އިރު މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ( އެމްޑަބްލިއުއެސްސީ) އިން ވެސް ވަނީ ބައެއް ރަށްރަށުގައި އެ މަސައްކަތް ކުރަން ފަށާފައެވެ. އެގޮތުން ރ. ދުވާފަރުުގައި ޕްލާންޓް އަޅަނީ އެމްޑަބްލިއުއެސްސީ އިންނެވެ.

ވާރޭ ނުވެހޭ ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްތަކަށް ބޯފެނުގެ ދަތިކަން ކުރިމަތިވެއެވެ. އެގޮތުން ފެނުގެ ދަތިކަން ކުރިމަތިވާ ރަށްރަށް ކުއްލި ހާލަތުގައި ފެން ފޯރުކޮށްދޭން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެތައް ހާސް ރުފިޔާއެއް ހަރަދުވެއެވެ.