ވިޔަފާރި

މާލޭގައި ކޭއެފްސީ އާއި ޕިއްޒާހަޓް ވެސް ހުޅުވަނީ

Mar 24, 2018
3

މާލޭގައި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ގެ ރެސްޓޯރެންޓް ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ "ކޭއެފްސީ" އާއި "ޕިއްޒާހަޓް" ރެސްޓޯރެންޓް ހުޅުވަނީ އަމީނީމަގުގައި ހުންނަ "މާލެގްރޭންޑް" ގަ އެވެ. ޕިއްޒާހަޓް ހުޅުވުމުގެ ގޮތުން މިހާރުވަނީ އެ ތަންތަނުގައި ނަން ބޯޑްވެސް ޖަހާފަ އެވެ.

މި ތަންތަނުގެ އިތުރުން މާލެ އަށް "ބާގަ ކިންގް" އާއި "ދަ ކޮފީ ކްލަބް" އަންނައިރު، ރަސްފަންނުގައި ހަދާފައިވާ ޕެވިލިއަންގައި އޮސްޓްރޭލިއާގެ "ގްލޯރިއާ ޖީންސް" ގެ ފްރެންޗައިޒެއް ހުޅުވަން ވެސް ދަނީ ތައްޔާރުވަމުންނެވެ. އެ އިމާރާތުގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ނިމިފަ އެވެ.