ރާއްޖެ
ވެމްކޯގެ މާކެޓިން ހަރަކާތް ހިންގަން ޕީއެސްއެމަށް

ސާފު ރާއްޖެއަށް ހޭލުންތެރި ކުރުމުގެ ހަރަކާތްތަކާއި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މާކެޓިން ހަރަކާތްތައް ހިންގަން ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމާއި ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝިފާއު އެވެ.
އެއް އަހަރު ދުވަހަށް ވެވުނު އެއްބަސްވުމުގައި ހަތް ކަމެއް ހިމެނިފައި ވެއެވެ. އެ ހަތް ކަމަކީ:
• ވެމްކޯއިން ކުރާ މަސައްކަތްތަކާއި އެ ކުންފުނިން ތައާރަފްކޮށް އަދި ތައާރަފްކުރާ ޕްރޮޑަކްޓްތައް ރައްޔިތުންނަށް އަންގައިދިނުން
• މިނިސްޓްރީ އާއި ވެމްކޯގެ ދައުރާ އަދި ޒިންމާ ތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ރައްޔިތުން ހޭލުންތެރިކުރުމަށް ޕީއެސްއެމްގެ މީޑިއާގެ ވަސީލަތް ތަކުގެ ބޭނުން ކުރުން
• ކުނި މެނޭޖްކުރުމުގައި ރައްޔިތުން ހޭލުންތެރިކުރުމަށް ޕީއެސްއެމްގެ ވަސީލަތް ތަކުގެ ބޭނުން ކުރުން
• ސާފު ރާއްޖެ ކެމްޕެއިންގެ ކަންތައްތަކާއި ވެމްކޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެފަދަ ހިދުމަތްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުން
• ސާފު ރާއްޖެ ކެމްޕެއިންގެ ހަރަކާތްތަކާއި ވެމްކޯ އިން ފޮނުވަން ބޭނުންވާ އިޝްތިހާރުތަކާއި އެނައުންސްމަންޓްތައް ހަމަޖެހިފައިވާ އުސޫލުން
ތައްޔާރުކުރުން
• ޕީއެސްއެމްގެ ޗެނަލްތައް ކަމުގައިވާ ޓީވީއެމާއި ޕީއެސްއެމް ނިއުސާއި ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމް އަދި އޮންލައިން މީޑިއާއިން ވެމްކޯގެ އިޝްތިހާރުކުރުމާއި އެ ކުންފުންޏަށް ބޭނުންވާ އެނައުންސްމަންޓްތައް ގެނެސްދިނުން
• ޓީވީ އަދި ރޭޑިއޯ އިން ސާފުރާއްޖެ ކެމްޕެއިން އާއި ކުނިމަދުކުރުމާއި ބެހޭގޮތުން ރައްޔިޔުން ހޭލުންތެރި ކުރުމަށް ދެފަރާތުން އެއްބަސްވާގޮތެއްގެ މަތިން ޕްރޮގްރާމް އުފެއްދުން
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ، ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރުމަށް ރައްޔިތުން މީގެ ކުރިން ހޭލުން ތެރި ކުރެވިފައިނުވާ ކަމަށާއި މިހާރު އެންމެ ބޮޑު މުހިންމު ކަމެއް ދެމުން ގެންދަނީ ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ.
"އޭގެ ނަތީޖާ އަކަށް ވެގެން ދަނީ ސަރުކާރުން ކުނި މެނޭޖްކުރަމުން ގެންދާއިރު ރައްޔިތުންނަށް އެންމެ ރައްކާތެރިގޮތުގައި ކުނި ނިއްތާލުމަށް އެބޭފުޅުން ކުރަން ޖެހޭ އެންމެ ރަނގަޅަށް ނުކުރެވި ހުރީމަ، އެކަންކަން އިތުރަށް ރައްޔިތުންނަށް ހޭލުންތެރި ކުރުވައިގެން މަސައްކަތް ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެއް އަހަރު ދުވަސް ނިމޭއިރު ރައްޔިތުންވެސް ރައްކާތެރިގޮތުގައި ކުނި މެނޭޖް ކުރުމަށް ހޭލުންތެރިކޮށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުން ވެސް ފުރިހަމަ ވެގެންދާނެ ކަމަށެވެ.
ޢާދަނު
ޕިއެސް އެމަށް އެ އުޅެނީ ޕީއެސް އެމްގެ ޗެނަލްތައް މާކެޓް ނުކުރެވިގެން. ބަލާމީހަކު ހުރެގެންތަ ވިމްކޯގެ ކަމެއް ރައްޔިތަކަށް އެގޭނީ. ކީއްކުރާނީ. ޚަލީލްގެ ޕަޕެޓުން. ތޯބެ. ސައީދު
ލައިލާ
ރާއްޖެ ޓީވީއަށް ވުރެ އަދިވެސް ޓީވީއެމް ބަލާ މީހުން ގިނަ. ރާއްޖެ ޓީވީ އެންމެ ގިނައިން މީހުން ބެލިކަމަށް ބުނާ ދުވަސްވަރު ރޭގަނޑު ގެނެސްދިން ލައިވް ޕްރޮގްރާމެއްގި ގުޅާނެ މީހަކު ނުވެގެން އެތާ އުޅުނު ރައްޓެއްސަކު މަށަށް ގުޅާފައި އާދޭސް ކުރި ޕްރޮގްރާމްގައި ބައިވެރިވެދޭށޭ ކިޔާފައި. އެކަމަކު އެންމެ ގިނަ މީހުން ބަލާ ޗެނަލް.