ވިޔަފާރި

ބޭންކުތަކުން ދޫކުރި ލޯނުގެ އަދަދު 20 ބިލިއަނަށްވުރެ މައްޗަށް

Apr 28, 2018
3

ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖޭގެ ބޭންކް ތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު 20 ބިލިއަނަށްވުރެ މައްޗަށް އަރައިފި އެވެ. ނޭޝަނަލް ޕްލޭނިންއިން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކަށް ރާއްޖޭގެ ބޭންކްތަކުން 8.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.

މީގެ ތެރެއިން 2.9 ބިލިއަން ރުފިޔާ ދޫކޮށްފައިވަނީ އަލަށް ރިސޯޓު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުތަކަށެވެ. އަދި ރިސޯޓު މަރާމާތު ކުރުމަށް ދޫކުރި ރުފިޔާގެ އަދަދު ބިލިއަނަކަށްވުރެ މައްޗެވެ. އަދި މަސްވެރިކަމަށް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ. މީގެ އިތުރުން އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް 3.7 ބިލިއަން ރުފިޔާ ދޫކުރި އެވެ. އަދި ހޯލްސޭލް އާއި ރިޓެއިލް ވިޔަފާރި އަށް 3.1 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ނޭޝަނަލް ޕްލޭނިންގެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރު ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކަށް ރާއްޖޭގެ ބޭންކްތަކުން 8.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު މަސްވެރިކަމަށް ދޫކުރި ފައިސާ 3.5 ޕަސެންޓް ދަށްވެފައިވީ ނަމަވެސް އިމާރާތް ކުރުމުގެ ދާއިރާ އަށް ދޫކުރި ފައިސާގެ އަދަދު 11.2 ޕަސެންޓް އަދި ޓޫރިޒަމަށް ދޫކުރި ފައިސާގެ އަދަދު ވަނީ 12 ޕަސެންޓް އިތުރުވެފަ އެވެ.