ހަބަރު

މަނަދޫ ކައުންސިލުން ރޯދައަށް ރައްޔިތުންނަށް މަސްދަޅު ބަހައިފި

ރޯދަ ހަދިޔާއެއްގެ ގޮތުން ނ. މަނަދޫ ކައުންސިލުން އެރަށުގެ ރައްޔިތުންނަަށް މަސްދަޅު ބަހައިފިއެވެ.

މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު އަވަސް އަށް މިއަދު ވިދާޅުވީ ރަށު ކައުންސިލްގެ ހަރަދުގައި އެރަށުގެ މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ހަދިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން އެރަށުގަައި މީހުން ދިިރިއުޅޭ 242 ގެއަށް ވެސް މިހާރުު މަސްދަޅު ކޭހެއް ހަދިޔާކޮށްފައއިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްދަޅު ކޭސް ބެހުމަށް މަނަދޫ ކައުންސިލުން ހަރަދުވީ ޖުމްލަ 88400 ރުފިޔާއެވެ.

ކައުންސިލްގެ މެމްބަރުންނާ ރަށުގެ ޒުވާނުން މިކަމުގައި ހަރަކާތްތެރިވީ. ރައްޔިތުން ތިބީ މިފަދަ ހަދިޔާއެއް ދިނުމުން ވަރަށް އުފަލުން،" އޭނާ ވިދާޅުވިއެވެ. މަނަދޫ ކައުންސިލަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ތިބޭ ކައުންސިލެކެވެ.