ހަބަރު

ނޭޕާލް ޓެލެތޯނުން ދެ މިލިއަން ރުފިޔާ

May 23, 2015

މިދިޔަ މަހު ނޭޕާލަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްކަށް އެހީވުމަށް މިއަދު ބޭއްވި ޓެލެތޯން ނިންމާލައި ފައިސާ ގުނި އިރު، ލިބުނު އެހީގެ އަދަދު ދެ މިލިއަން ރުފިޔާއާ ކައިރިކޮށްފި އެވެ.

މިއަދު މެންދުރު ފަހުން ފެށިގެން އިރިއޮއްސެންދެން ކުރިއަށް ގެންދިޔަ "ނޭޕާލާ އެކު ދިވެހިން" ޓެލެތޯނާ ގުޅޭ ގޮތުން ރެޑްކްރޮސެންޓުން ބުނީ، ލިބިފައި ހުރި ނަގުދު ފައިސާ ގުނި އިރު، 1.7 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އެކި ފަރާތްތަކުން ދޭން އެއްބަސްވެފައި ހުރި ފައިސާ އާއި ޓެކްސްޓް ފޮނުވައިގެން ލިބިފައި ހުރި އެހީ އެއްކޮށްލުމުން އެ އަދަދު އެއަށް ވުރެ ބޮޑު ވާނެ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.