ހަބަރު

އިކްނޮމިކް މިނިސްޓްރީގެ ޕީއެސްއަކަށް ރިޒާ

May 23, 2018

އިކޮނޮމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޔޫސުފް ރިޒާ އައްޔަންކޮށްފި އެވެ.

މީގެ ކުރިން އެ މަގާމު ފުރުއްވެވީ ވެސް އޭނާ އެވެ.

ޔޫސުފް ރިޒާ މާސްްޓާސް ޑިގްރީ ހޯއްދަވާފައި ވަނީ ޓުއަރިޒަމްގެ ދާއިރާއިން ޔުނިވަސިޓީ އޮފް އޮޓާގޯ އިންނެވެ. ބެޗްލާ އޮފް އިކްނޮމިކްސް ހާސިލް ކުރެއްވީ އޮސްޓްރޭލިއާއިންނެވެ. ރިޒާ ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1991 ވަނަ އަހަރު އެވެ.