ހަބަރު

މާލެއަށް ކަރަންޓު ދޭން 90 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ފަށައިފި

May 28, 2015

މާލެއަށް ކަރަންޓު ދިނުމަށް 90 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ސްޓެލްކޯއިން މިއަދު ފަށައިފި އެވެ.

ޗައިނާގެ ޑޮއެން ސެންގް ކުންފުންޏާ ގުޅިގެން ފެށި މި މަޝްރޫއުގެ ދަށުން އަށް މެގަ ވޮޓްގެ އަށް އިންޖީނު ބަހައްޓާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މި މަޝްރޫއު ފެށުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދު ޝުކޫރު ވިދާޅުވީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ސޮއިކުރި މި މަޝްރޫއު ނިމުމުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި މައްސަލައެއް ނުޖެހި މާލެއަށް ކަރަންޓު ދެވޭނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ މި މަޝްރޫއުގެ ދަށުން މާލެއަށް ދޭ ކަރަންޓުގެ ހިދުމަތް 50 މެގަވޮޓަށްވުރެ މަތި ކުރެވޭނެ ކަމަށެވެ.