ހަބަރު

ފުލުސް މީހާއަށް އަނިޔާކުރި މައްސަލައިގައި 15 މީހެއްގެ މައްސަލަ ޕީޖީއަށް ފޮނުވައިފި

May 30, 2015

މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މައްސަލައިގައި 15 މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ފުލުހަކު ބިންމައްޗަށް ވައްޓާލައި، އަނިޔާކުރި މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 15 މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަން "އަވަސް" އަށް ވަނީ ކަށަވަރުވެފަ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ކްލަބް އީގަލްސްގެ ގޯލް ކީޕަރު މުހައްމަދު ލަބާން ވެސް ހިމެނެއެވެ. އެނގިފައިވާ ގޮތުގައި ދައުވާކުރަން ފޮނުވި މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނެއެވެ.

އެ ފުލުސް މީހާއަށް އަނިޔާ ކުރުމުގެ ސަބަބުން އޭނާއަށް ރާއްޖެއިން ބޭރުން ފަރުވާ ދީފައިވެ އެވެ.