ހަބަރު

ފައިމަގުގައި އުޅޭ ގޮތަށް ދެ ގޯޅިއެއް ބަދަލުކޮށް ހުޅުވައިފި

May 31, 2015

ފައިމަގުގައި އުޅޭ ސަރަހައްދެއްގެ ގޮތު  ސަރަހައްދެއް ކަނޑައަޅައި މިރޭ ހުޅުވައިފި އެވެ.

ފައިމަގުގައި އުޅޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅީ މއ.  އެނބޫގޯޅި އާއި ގުލްއަލާގޯޅި އެވެ. މި ދެ ގޯޅި ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ މުޙައްމަދު ޝައިނީ އެވެ.

ހިނގާފައިވާ އުޅޭ ސަރަހައްދަކަށް މި ދެ ގޯޅި  ބަދަލު ކުރުމާއެކު ކުރިން އެސަރަހައްދުގައި ޕާކުކުރަމުން އައި ވެހިކަލްތަކާއި ސައިކަލްތައް ޕާކު ކުރަން ބުރުޒު މަގުގައި ހާއްސަ ޒޯނެއް ވަނީ ހަދާފައެވެ. އެ ޒޯނުގައި ޕާކު ކުރެވޭނީ ހުއްދަ އޮންނަ ފަރާތްތަކަށެވެ.

ދެ ގޯޅި ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރު ޝައިނީ މިރޭ ވިދާޅުވީ މާލޭގެ ހަނި މަގުތަކުގެ ކާރުބާރޫކަން ކަނޑުވާލުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އޭގެ ބޭނުމަކީ މާލޭގެ މަގުމައްޗަކީ އާންމުންނަށް ނުކުމެ ހިތްފަސޭހަ ކަމާއެކު އުޅުވެވޭ ވަރު ކޮށްދިނުން ކަމަށެވެ.

މިނިސްޓަރު  ވިދާޅުވީ ބައެއް  ސަރަހައްދުތަކަކީ ހިނގާފައި އުޅޭ ސަރަހައްދުތަކަށް ހެދުމުން މާލޭގެ އިޖްތިމާޢީ ވެށި ރަނގަޅުވެގެންދާނެ ކަމަށާއި ރައްކާތެރިކަން ވެސް ބޮޑުވެގެންދާނެ ކަމަށެވެ. “

އަދި ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ފައިމަގުގައި އުޅޭ ގޮތަށް ބައެއް މަގުތަކާއި ގޯޅިތައް ހުސް ކުރާ ކަމަށާއި އަދި އެފަދަ ސަރަހައްދުތަކަކީ "ނެއިބަހުޑް އޭރިއާ" ގޮތުގައި ތަރައްޤގީ  ކުރުމުން އާއިލާތަކަށް އުފާވެރިކަން ލިބޭ ކަމަށެވެ.