ހަބަރު

ގާނޫނު އަސާސީ މިވަނީ އިތުރު އިސްލާހަށް ބޭނުންވެފައި: ފާއިޒު

ފާއިތުވެދިޔަ 10 އަހަރު ދުވަހު ކުރަމުންމިދާ ތަޖުރިބާތަކަށް ބަލާއިރު، ގާނޫނު އަސާސީއަށް އިސްލާހުތަކެއް ބޭނުންވާކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.

އާ ގާނޫނު އަސާސީއަށް 10 އަހަރު ފުރުމާއި ގުޅިގެން ސޯޝަލްމީޑިއާގަައި ކުރެެއްވި ޕޯސްޓެއްގައި ފާއިޒް ވިދާޅުވީ، ގާނޫނު އަސާސީ އަދި ގާނޫނު ހަދަނީ ހާލަތާއި ވަގުތަށް ރިއާޔަތް ކޮށް ކަމަށާއި، ގާނޫނުގެ ހުކުމަކީ އެބައެއްގެ އަސާސްކަމުގައި ހެދުމަށް ކަމަށެވެ.

މިހާރު އަމަލުކުރާ ގާނޫނު އަސާސީ އޮތީ އޭގެ ހާލަތަށް ބަލައިގެން، ދިގު ވެރިކަމަކަށް ޖާގަ ދީ، ދައުލަތުގެ ބާރުތައް މަސްހުނި ކުރެވިފައި އޮތް، ގާނޫނު އަސާސީގެ ތަޖުރިބާތަކުގެ މައްޗަށް ކަމަށް ފާއިޒު ވަނީ ވިދާޅުވެފަ އެވެ.

ގާނޫނު އަސާސީއަށް 10 އަހަރު ފުރުނު އިރު ކުރެވުނު ތަޖުރިބާއަކީ، ގާނޫނު އަސާސީގައި ހުރި ލޫޕްހޯލްސް ނުވަތަ އަމްބިގިއުޓީސްގެ ސަބަބުން ގާނޫނު އަސާސީގައި ލެވިފައިވާ އިންފާރުތަށް ކަމުގައިވާ "ސެޕެރޭޝަން އޮފް ޕަވާސް" އަދި ޕްރިންސިޕަލްސް އޮފް "ޗެކްސް އެންޑް ބެލެންސެސް" ބަލިކަށިވެފައިވާތަން ކަމަށްވެސް ފާއިޒު ވަނީ ވިދާޅުވެފައެވެ.

ޖަސްޓިސް ރިޓަޔާޑް ފާއިޒް އަކީ އާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލި އިންތިގާލީ ސްޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ. އަދި އޭގެ ފަހުން 2010 ވަަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ފާއިރު ކުރެއްވިއެވެ. އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހަކާއި ގުޅިގެން ސްޕްރީމް ކޯޓްގެ ބެންޗުން ފާއިޒު ވަކި ކުރެވުނެވެ.