LIVE UPDATES

3 އަވަށް ގުޅާލައި ތާރީހީ ބްރިޖް ހުޅުވައިފި

މާލެ އާއި ހުޅުލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖު މިރޭ ހުޅުވާއިރު މިއީ ރާއްޖެއަށް ތާރީހީ ދުވަހެކެވެ. އެތައް އަހަރުތަކެއް ކުރިން ދެކެމުން އައި ހުވަފެން މިރޭ ހަގީގަތަކަށްވީ އެވެ. ސިނަމާލެ ބްރިޖު މިރޭ ރައީސް އަބްދުﷲ ޔާމީން ވަނީ ހުޅުވައިދެއްވާފަ އެވެ. ޗައިނާގެ އެހީގައި ބްރިޖު އެޅުމުގެ މަސައްކަތް 2015 ވަނަ އަހަރު ފެށިއިރު ބްރިޖު ނިންމަންޖެހޭ މުއްދަތަށްވުރެ މާކުރިން ވަނީ ނިމިފަ އެވެ.