ހަބަރު

މުޒާހަރާއިން ހައްޔަރުކުރާ މީހުނަށް އެހީވުމޭބެހޭ ވޯކްޝޮޕެއް އެމްޑީޕީން ބާއްވައިފި

Jun 7, 2015

މުޒާހަރާތަކުގައި ހައްޔަރުވާ މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ވޯކްޝޮޕެއް އެމްޑީޕީން ބާއްވައިފި އެވެ.

ސޯލްޓް ކެފޭ ރެސްޓޯރެންޓްގައި އިއްޔެ ބޭއްވި އެ ވޯކްޝޮޕާ ބެހޭ ގޮތުން އެމްޑީޕީން ބުނީ މުޒާހަރަތަކުގައި ހައްޔަރު ކުރާ ފަރާތްތަކަށް ވީހާވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދީ ގާނޫނީ ވަކީލުން ހަމަޖައްސާދިނުމުގައި އަވަސް ގޮތްތަކެއް ހޯދުމާބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތުދީފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި މުޒާހަރާގައި ހައްޔަރު ކުރާ ފަރާތްތަކަށް ލިބޭ ގާނޫނީ ހައްގުތަކާއި ހައްޔަރު ކުރުމުން އަޅަންވީ ފިޔަވަޅުތަކަކީ ކޮބައިކަން ހިމެނެ އެވެ.