LIVE UPDATES

މައުމޫން، ދެ ފަނޑިޔާރުން އަދި ފާރިސްގެ ބަންދާ މެދު ގޮތެއް ނުނިންމި

Updated:
11
މައުމޫން މިއަދު މާލެ ގެނެސްފައި. -- އަވަސް ފޮޓޯ | މުހައްމަދު އަފްރާހު
57.5%
15%
27.5%

ޖަލުގައި މިހާރު ތިއްބެވި އިދިކޮޅު ގިނަ ސިޔާސީ ފަރާތްތަކެއް ދޫކޮށްލުމުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ޓަކައި އެބޭފުޅުން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވާތީ، އާންމުން އެ ސަރަހައްދަށް އެއްވެ އުފާފާޅު ކުރަމުން އެބަ
ގެންދެ އެވެ.

އެ ސަރަހައްދުގައި ހުރި އަވަސްގެ ރިޕޯޓަރު ބުނީ، ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލުމަށް ޓަކައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ދާދި ދެންމެއަކު މާފުށިން ލޯންޗެއްފައި ފުރާފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓް ސަރަހައްދުގައި ގިނަ ބަޔަކު މިހާރު އެއްވެފައި އެބަ އޮތެވެ. މީގެ ކުރިން އެ ސަރަހައްދަށް މީހުން ދިޔުމުން ފުލުހުން އައިސް އެ މީހުން ފަހާލި ނަމަވެސް، ފުލުހުން މިއަދު އާންމުންނަށް ހުރަސްއަޅާފައެއް ނުވެ އެވެ.

ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންނަ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް އާއި މައްޗަން ގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި އަލީ ހަމީދު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ވެސް މިއަދު ކޯޓަށް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.

11 comment
Sign in or register to be part of avas community

ހުސައިން މުޙައްމަދު

ސިޔާސީ ކުއްވެރިންގެ މައްސަލަ ރިވިއު ކުރަނީ ހަމައެކަނި އިސް ސަފުގައި ތިއްބަވާ ބޭފުޅުން އެކަނިތޯ. ކޮބާތޯ މޭ ޑޭގެ ހައްޔަރީން، އެމީހުންނަކީ ސިޔާސީ ކުއްވެރިންގެ ތެރޭގަ ނުފެތެނީ ތޯ، ނޫނީ އާދައިގެ މީހުންވީމަ އެމީހުން މަތިން ހަނދާން ކުރާނެ ބަޔަކު ނެތީބާ

އޭން

ކޮބާބާ ސިޔާސީ ކުށްވެރިންނަކީ؟؟ ކުށެއް ކޮށްފިއްޔާ ގާނުގެ ކުރިމަތީގައި އެންމެން ވާނީ ހަމަ ކުށްވެރިޔަކަށް. އެއީ ރައިސްއަކަށް ވިޔަސް އާންމު ފަރުދަކަސް ވާނީ ހަމަހަމަ. އެހެން ކަމުން ދޫކުރަންޔާ އެންމެން ދޫކުރަން ޖެހޭނެ. އެއައް ކިޔޭނީ އިންސާފު. ތިމާމެންނަށް ކަމުދާ މީހުން އެކަނި ދޫކުރަންޔާ ވާނީ ބޭއިންސާފަށް! އިންސާފަށް ލޯބި ކުރަށްވާ!

ފައި

އަދީބު މިވީ ވަގަކަށް. މައުމޫނު މިވީ ކުށެއް ނުކުރާ މައުސޫމު ބޭފުޅަކަށް. ކުރި ހުރިހާ އަނިޔާ ވަކި ފަރާތަކަށް ސަޕޯޓުކުރުމުން ފޮހެވޭ. މީބާ އިންސާފަކީ؟؟

454

އަދީބު ދޫކުރުމަކީ މުޖުތަމައަށް ހުރި ނުރައްކަލެއް! އަދީބު ދޫނުކުރާތި!

ތުނިޔަ

ޢަދީބު ދޫކޮށްގެން ނުވާނެ!

އައިމަން

މައުމޫނު ދޫކޮށްލަން މާލަސްވެސް ވެއްޖެ! ޔާމީނުގެ ކިބައިގެން ބަދަލު ހިފުވާނީ މައުމޫނު ބެ ލައްވާ! ޔާމިނާ، ފަންޑިތަ ފާތުމަ އަދި އޮނަރަބަލް ރޫބޭލު އެއްގޮޅިއަކަށް ލާނީ! ކިހާފޯރި ގަދަވާނެ؟ ސިނެންތި އަށީގެ އަރާމުކަން ތަހައްމަލު ކުރަންވާނެ ސުވަރުގެ ދިއުމުގެ ވޯމްއަމް ގައުމުގަ!!!

އިންތިޒާރުކުރޭ

ހާދަ ހިޔާލީ ފޮލާއެ ތިކައްކަނީ.. ލަސްތަކެނުވެ އަދިރިކަން އަލިކަމަށް ބަދަލުވާނެ.. މިއީ ކުޑަހިދުކޮޅެ.

އިންސާފު

ކޮބާ އަދީބު؟ ދެންތިބި މީހުން؟

ޙެޔޮ އެދޭ މީހެއް

ޢަދީބު ދޫކޮށްލާކަށް ނުޖެހޭ

ހުސެއިން

އަދީބުއަކީ ސިޔާސީ ކުށްވެރިއެއް ނޫން.. އެއީ ބޮޑު ވަގެއް!!! ދެން ހުރީ ޔާމީން!!!!!

ބޭއިންސާފު

އަދީބު ދޫނުކުރާތި. . .

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345