LIVE UPDATES

ކުށް ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށް!

މިއަދު މެންދުރު 1.30 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ރައްޔިތުންގެ ސަމާލުކަން ކްރިމިނަލް ކޯޓަށް އެނބުރޭނެ އެވެ. ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ހިޔާނާތުގެ ކުށެއް ސާބިތުވެފައިވަނީ 1986 ވަނަ އަހަރު އެވެ. އޭގެ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން ރައީސް އިބްރާހިމް ނާސިރަށް މައާފު ދެއްވި ނަމަވެސް، އެފަހަރު އެމަނިކުފާނުގެ މައްޗަށް 25 އަހަރަށް އަރުވާލުމުގެ ހުކުމެއް އިއްވި އެވެ. މިއަދު އަނެއްކާވެސް އެ ތާރީހު ލިޔެވިދާނެ އެވެ. ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން މިއަދު 1:30 އަށް ވަނީ ތާވަލުކޮށްފަ އެވެ.