ހަބަރު

ރައީސް ޔާމީންގެ ތަރައްގީގެ ރޭލުގެ ކުރިމައްޗަށް އަރާ އެންމެން އެއްފަރާތް ކުރާނެ: އަދީބު

Jun 14, 2015
1

މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ނުދެކެވޭ ވަރުގެ ތަރައްގީ ރައީސް އަބްދުﷲ ޔާމީން ގެނެސް ދެއްވާނެ ކަމަށާއި އެމެނިކުފާނުގެ ތަރައްގީގެ ރޭލު ކުރި މައްޗަށް އަރާ ކޮންމެ މީހަކު އެއް ފަރާތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ރޭ ތ. ތިމަރަފުށީގައި ހުންވައިގެން އަދީބު ވިދާޅުވީ ސިޔާސ ގޮތުން ގޮންޖެހުން އެބަހުރި ކަމަށާއި ކިތަންމެ ގިނަ ސިޔާސ ގޮންޖެހުންތަކެއް ހުއްޓަސް ރައީސް ޔާމީން ހުންނެވި ރާއްޖެ ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ތައްޔާރަށް ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަކީ ވަގުތު ބޭކާރުކޮށް، ތޯތޯ ވާހަކަ ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި އެއީ ތަރައްގީ ކުރުމަށާއި ތަރައްގީ ގެންނެވުމަށްސީރިއަސް ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުގެ "ތަރައްގީގެ ރޭލު" ބާރު ސުޕީޑްގައި ކުރިޔަށް ދާއިރުގައި ރޭލުގެ ކުރިމައްޗަށް އަރާ މީހުން އެއްކައިރި ކުރާނެ ކަމަށާއި ރޭލުގެ ކުރިމަތިން އެއްކައިރި ކުރާ މީހުން އެކިތަންތަނަށްލައްވާނެ ކަމަށެވެ.

"ރޭލު ކުރިމައްޗަށް އަރާ މީހުން އެއްކައިރިކޮށް އެކިތަންތަނަށްލަމުން ރޭލު ބާރު ސްޕީޑުގައި ދުއްވާލަމުން [ރައީސް ޔާމީން] އެގެންދަވަނީ. މިއަކީ އަޅުގަނޑު އެކަނި ދައްކާ ވާހަކައެއް ނޫން" އަދީބު ވިދާޅުވި އެވެ "ވޯލްޑް ބޭންކުން ވެސް ބުނަނީ ރައީސް ޔާމީންގެ ސިޔާސަތުުގެ ސަބަބުން ރާއްޖޭގެ ޖީޑީބީ އެ ބޭންކުން ކުރިން އަންދާޒާ ކުރި މިންވަރަށްވުރެ އިތުރަށް ތަރައްގީ ވާނެ ކަމަށް ރައީސް ޔާމީނަކީ ތޯތޯ [ބޭފުޅެއް ނޫން] ސަކަރާތް ޖައްސަވާ ބޭފުޅެއް ނޫން ވަގުތު ބޭކާރުކޮށްލާ ބޭފުޅެއް ނޫން. އެއީ ތަރައްގީގެ މަޝްރޫއުތަކުގައި ސީރިއަސް ބޭފުޅެއް،"