ހަބަރު

އެސްޓާސް އިން ވަގަށް ނެގި ލެޕްޓޮޕްތަކެއް ވެސް ހޯދައިފި

Nov 4, 2018
1

ގޭތެރެއާއި އޮފީސްތަކަށް ބޭނުންވާ ސާމާނު ވިއްކުމުގައި މަޝްހޫރު، އެސްޓާސް އިން ވަގަށް ނަގާފައިވާ ލެޕްޓޮޕްތަކެއް ވެސް ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ފުލުހުން ބުނީ، އެސްޓާސްއިން ހުށަހަޅާފައިވާ ލެޕްޓޮޕްތަކެއް ވަގަށްނަގާފައިވާ މައްސަލައެއް ތަހުގީގުކުރުމަށްފަހު އެ މައްސަލާގައި ތުހުމަތުކުރެވޭ 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ ލެޕްޓޮޕްތައް ވެސް އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތަށް ލެޕްޓޮޕް ކަމެއް ނޭނގެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ މިހާޜު ވަނީ ދިހަ ދުވަހުގެ ބަންދެއްގައި ހައްޔަރުގައި ބަހައްޓާފަ އެވެ. އެސްޓާސް އިން ވަގަށް ނެގި ލެޕްޓޮޕްތަކެއް ފުލުހުން ހޯދާފައިވާއިރު، އިސްލާޟިކް ޔުނިވަސިޓީން މިދިއަ ހަފްތާގެ ތެރޭގައި ބަޔަކު ވަގަށް ނެގި ގިނަ އަދަދެއްގެ ލެޕްޓޮޕް ވެސް ފުލުހުން ވަނީ ހޯދާފަ އެވެ. އެ މައްސަލާގައި އަށް މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.