ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސެނިޓައިޒާ އާއި މާސްކް ހުހެއް ނުވާނެ: އެސްޓާސް

ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކް ހުސް ނުވެ ރާއްޖެއިން ލިބޭނެ ގޮތް ހަދަން އެސްޓާސް އިން އެތަކެތި ރާއްޖެ ގެނެސްފި އެވެ.

އެސްޓާސް އިން ޑިސްޕޮސިބަލް ފޭސް މާސްކާއި ހޭންޑް ސެނިޓައިޒާ ރާއްޖެ ގެނެސްފައި ވަނީ އެމިރޭޓްސްގެ ފްލައިޓެއް ޗާޓަރު ކޮށްގެނެވެ.

އެސްޓާސް އިން ބުނީ ފޭސްމާސްކާއި ހޭންޑް ސެނިޓައިޒާ ހުސް ނުވެ ކައިރި ފިހާރަތަކުން ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށްޓަކައި އެތަކެތި ހޯލްސޭލްކޮށް ވިއްކަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސްޓޮކް ބޭނުންވާ ފަރާތްތަކުން އެސްޓާސްގެ ފިހާރަތަކަށް ދިއުމުން ވަގުތުން ލިބޭނެ އެވެ. ޑެލިވަރީ ކުރާ ފަރާތްތަކަށް ތަކެތި ވަރަށް ހާއްސަ އަގުތަކެއްގައި ދޭނެ އެވެ.

އެސްޓާސް އިން ބުނީ ހޭންޑް ސެނިޓައިޒާ އާއި ފޭސް މާސްކަށް އޯޑަރު ދިނުމަށް ހާއްސަ އެޕްލިކެޝަނެއް ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާނެ ކަމަށެވެ.

އެސްޓާސް އިން ބުނީ އެ ފިހާރައަށް ކަނޑުމަގުން ގެންނަ ޝިޕްމެންޓް އައުމުން މިހާރު ވިއްކަމުންދާ އަގަށްވުރެ ވެސް ހެޔޮ އަގުގައި ހޭންޑް ސެނިޓައިޒާ އާއި މާސްކް ލިބޭނެ ކަމަށެވެ.

އެސްޓާސް އިން ދަނީ ހޭންޑް ސެނެޓައިޒާގެ ދެ ވައްތަރެއް ވިއްކަމުންނެވެ. އެގޮތުން ފޮއިބަސްބަޔޯ ބްރޭންޑުގެ 100 އެމްއެލްގެ ކުދި ފުޅިއާއި، 500 އެމްއެލްގެ ފުޅިއާއި، އެއް ލީޓަރުގެ ފުޅި ވެސް އެ ފިހާރައިން ލިބެން ހުންނާނެ އެވެ. އަދި ޑެލި ބްރޭންޑްގެ ހޭންޑް ސެނެޓައިޒާގެ 60 އެމްއެލް ޖެލް އާއި، 53 އެމްއެލް، 50 އެމްއެލް ލިކުއިޑް ސްޕްރޭގެ އިތުރުން، 240 އެމްއެލް އާއި 480 އެމްއެލްގެ އިތުރުން، 100 އެމްއެލް ސެނެޓައިޒާ ފުޅި އެސްޓާސް އިން ދަނީ ވިއްކަމުންނެވެ.