ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ ދަރަނި

ދަރަނި 95 ބިލިއަން ފަނަހަ އަޅައި ޖީޑީޕީގެ 124 ޕަސެންޓަށް

ރާއްޖޭގެ ޖުމްލަ ދަރަނި 95 ބިލިއަން ރުފިޔާ ފަހަނަ އަޅައި، ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ގެ ނިސްބަތުން 124 ޕަސެންޓަށް އުފުލިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ގެރެންޓީ ދީފައިވާ ދަރަނި ހިމަނައިގެން ބަލާނަމަ ރާއްޖޭގެ ޖުމްލަ ދަރަނި އުޅެނީ 95 ބިލިއަން ރުފިޔާގަ އެވެ. މިހާރު ރާއްޖޭގެ ޖުމްލަ ދަރަނި އުޅެނީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 124 ޕަސެންޓުގަ އެވެ.

ދަރަނީގެ ހިއްސާ ބެހިފައިވާ ގޮތް

  • އެތެރޭގެ ދަރަނި: 47.9 ބިލިއަން (ޖީޑީޕީގެ ހިއްސާ 62 ޕަސެންޓް)
  • ބޭރުގެ ދަރަނި: 47.5 ބިލިއަން (ޖީޑީޕީގެ ހިއްސާ 62 ޕަސެންޓް)

ރާއްޖޭގެ ޖުމްލަ ދަރަނި ތިންވަނަ ކުއާޓަރާ ހަމައަށް މަތިވެގެން ދިޔައިރު މިދިޔަ އަހަރުގެ ތިން ކުއާޓަށް ބަލާއިރު ދަރަނި ވަނީ ހަލުވިކަމާއެކު އުފުލިފަ އެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 86 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި ދަރަނި 89 ބިލިއަން ރުފިޔާ އަށް އުފުލި އަދި ތިންވަނަ ކުއާޓަރުގައި ވަނީ 95 ބިލިއަން ފަނަހަ އަޅާފަ އެވެ.

ތިން ކުއާޓާގެ ދަރަނިއެއްކޮށް

  • 2021 ފުރަތަމަ ކުއާޓަރު: 86 ބިލިއަން
  • 2021 ފުރަތަމަ ކުއާޓަރު: 89 ބިލިއަން
  • 2021 ފުރަތަމަ ކުއާޓަރު: 95 ބިލިއަން

ތިންވަނަ ކުއާޓަރާ ހަމައަށް ބަލާނަމަ ރާއްޖޭގެ ބަޖެޓްރީ ސެންޓްރަލް ގަވަރުމެންޑް ޑެޓް (ބީސީޖީ) އުޅެނީ 77 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ 101 ޕަސެންޓެވެ. އަދި ގެރެންޓީ ދީފައިވާ ޖުމްލަ ދަރަނި ހުރީ 18 ބިލިއަން ރުފިޔާގަ އެވެ. މީގެތެރޭގައި އެތެރޭގެ ދަރަނި ހިމެނީ 736 މިލިއަން ރުފިޔާ އެވެ. އަދި ބޭރުގެ ދަރަނީގެ ނިސްބަތަކީ 17 ބިލިއަން ރުފިޔާ އެވެ.

ދަރަނި މަތިވަމުންދާއިރު ސަރުކާރުން ދަނީ އެކި ހިދުމަތްތައް ދިނުމާއި ހަރަދުތައް ފޫބައްދަށް ލޯނުތައް ނަގަމުންނެވެ.

ރާއްޖޭގެ ދަރަނި މަތިވަމުން ދިއުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ ދަރަނީގެ މައިތި ކުރާނެ ސިޔާސަތަކެއް އިއުލާނުކޮށްފަ އެވެ. ދަރަނީގެ މި ތަސައްވުރުގައިވާ ގޮތުން 2023 ނިމެންވާއިރަށް ދައުލަތުގެ ޑައިރެކްޓް ދަރަނި ޖީޑީޕީގެ ނިސްބަތުން 105 ޕަސެންޓަށް ތިރިކުރުމަކީ އަމާޒެކެވެ. މީގެ އިތުރުން 2023 ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ތިރިކުރުމާއި ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބެއްގައި މެދުރާސްތާގައި ބެހެއްޓުމަކީ ވެސް އަމާޒެކެވެ.