ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ ބަޖެޓް

ހަރަދަށް 12.4 ބިލިއަން، ހިންގުމަށް ބޮޑު ހޭދައެއް

Jun 24, 2021
2
ވެރިކަން ކުރާ މާލޭގެ މަގުތައްބަޔަކު: ސަރުކާރު ހިންގަން ބަޖެން ބޮޑު ހޭދައެއް ކުރޭ -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
0%
0%
0%

މިއަހަރު މިހާތަނަށް ހަރަދުގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ހޭދަ ކުރިއިރު، ބޮޑު އަދަދެއް ހޭދަކޮށްފައި ވަނީ ސަރުކާރު ހިންގާށެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖުމްލަ ހޭދަ އުޅެނީ 12.4 ބިލިއަން ރުފިޔާގަ އެވެ.

ބަޖެޓުން މި މުއްދަތުގައި ހޭދަ ކޮށްފައިވާ ގޮތަށް ބަލާއިރު ޖުމްލަ ރިކަރަންޓް ހޭދައިގެ ގޮތުގައި މިހާތަނަށް 9.1 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ބަޖެޓުގެ ހޭދަ ބެހިގެން ގޮސްފައިވާ ގޮތް

  • މުސާރަ ދިނުމަށް 4.3 ބިލިއަން ރުފިޔާ
  • އިދާރީ އަދި އޮޕަރޭޝަން އެކްސްޕެންސަށް 4.5 ބިލިއަން ރުފިޔާ
  • ލޮސް އެންޑް ރައިޓްއޮފް އަށް 215.4 މިލިއަން ރުފިޔާ

ބަޖެޓުން މިހާތަނަށް ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި ހޭދަވެފައި ވަނީ ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އެވެ. މި ބައިގައި ހިމެނޭ ކެޕިޓަލް އިކްއިޕްމަންޓަށް 175.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ސަރުކާރުން ކުއްޔަށް ހިފާފައިވާ އިމާރާތްތަކަށް ކުލި ދިނުން ފަދަ ކަންކަމަށް 390.6 މިލިއަން ރުފިޔާ ހޭދަކުރުމުގެ އިތުރުން އިންފްރާސްޓްރަކްޗާ އެސެޓަށް 914.0 މިލިއަން އަދި ޑިވްލޮޕްމަންޓް ޕްރޮޖެކްޓް އަދި އިންވެސްޓްމަންޓަށް 1.1 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އަދި ލެންޑިންގެ ގޮތުގައި 207.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް ހިލޭ އެހީ ހިމަނައިގެން އާމްދަނީގެ ގޮތުގައު ލިބިފައިވަނީ 8.2 ބިލިއަން ރުފިޔާ އެވެ. މީގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 6,4 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތް ގޮތުން ލިބުނު 1.7 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު 70.7 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އަށް ލިބިފައިވާ މި އަދަދާއެކު ބަޖެޓުގެ ދަރަނި އުޅެނީ ތިން ބިލިއަން ރުފިޔާގަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޒަމްލާ

ދެން ތިވެސް ގޮތެއް. ބޭކާރު ކޮށް ނުވަތަ ކޮރަޕްޝަން އަށް ހަރަދު ވި ވަރު ނުބުނާނަންތަ؟ ޢެޔެއް އެނގެން ބޭނުން

ޅަމްހަ

ޢާން، ތިހަބަރަށް އަރުވަނީ އަހަރަމެންނަށް ކަލޭމެން ރަނގަޅުގޮތުގައި ހަރަދު ކުރާކަން ދޯ.ގެޓު ވޭ އިނގޭ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910