ވިޔަފާރި

މަހުގެ ބާވަތްތަކުގެ އަގު މަތިނުވެ، ލިބެން ހުންނާނެ: މިފްކޯ

Jun 20, 2015

މަހުގެ އުފެއްދުންތަކުގެ އަގު މަތިނުވެ، މިފްކޯ މަސް ފިހާރައިން މި ރޯދަމަހު،މަހުގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ހެޑް އޮފް މާކެޓިން އެންޑް ސޭލްސް މުހައްމަދު ޝަރީފު ވިދާޅުވީ މަހުގެ ބާވަތްތަކުގެ އަގުތައް މަތިވިޔަ ނުދީ ހިފެހެއްޓުމަކީ އެ ކުންފުނިން އެންމެ ބޮޑަށް އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.

އެފްއޭއެމް ހައުސްއާ އިންވެގެން ހިންގަމުން ގެންދާ މިފްކޯ މަސް ފިހާރަ، މިފްކޯއިން ވަނީ ރޯދަ މަހަށް ބޮޑުކޮށްފަ އެވެ. މި ފިހާރަ ބޮޑު ކުރުމާއެކު ކުރިން ދެ ކައުންޓަރު ހުރި މަސް ފިހާރާގައި މިހާރު ފަސް ކައުންޓަރު ބަހައްޓައި ހިދުމަތްދެ އެވެ. މީގެ އިތުރުން މި ފިހާރައިން ހިކި މަހާއި ރޯ ކަނޑު މަސް އަދި ދަޅުމަހުގެ ބާވަތްތައްތަކުގެ އިތުރުން ފެލިވަރުގައި އުފައްދާ ރަސް އައިން ބްރޭންޑުގެ ސާމާނުވެސް ލިބެން ހުރެ އެވެ.

ޝަރީފު ވިދާޅުވީ މިފްކޯ މަސް ފިހާރަ އިން ރޯދަ މަހު މަސް ވިއްކަނީ ތާޒާކޮށް ކަމަށާއި، އެހެން ތަންތަނާ ބަލާއިރު މިފްކޯގެ އަގު ހެޔޮވާނެ ކަމަށެވެ.

"ސަރުކާރުން އެދިލައްވާފައިވާ ގޮތަށް އަގުތަކަށް ބަދަލު ނުގެނެސް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން މިދަނީ،" ޝަރީފު ވިދާޅުވި އެވެ.

މަސް ކޭހެއް 779ރ. އަށް

ވަކިން ދަޅެއް 16.75ރ. އަށް