ވިޔަފާރި

ކޮޕާ އެމެރިކާ ފައިނަލް މެޗު ފޯނުން ބެލޭނެ ތަ؟ ދިރާގުން ދައްކަނީ

Jul 4, 2015

މިރޭ ކުޅޭ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ފޯނުން ބަލަން ބޭނުން ހެއްޔެވެ؟ ފޯނުން ފެންނާނެ ހެއްޔެވެ؟ އެ ފުރުސަތު ދިރާގުން މިވަނީ ހުޅުވާލާފަ އެވެ. ދިރާގު ކަސްޓަމަރުންނަށް މި މެޗު ވަގުތުން ފެންނާނެ އެވެ.

ދިރާގުން ބުނީ ރާއްޖޭ ގަޑިން ދަންވަރު އެކެއް ޖަހާއިރު، އާޖެންޓީނާ އާއި ޗިލީ ބައްދަލްކުރާ ފައިނަލް މެޗު ދިރާގު ކޮންމެ ކަސްޓަމަރަކަށް ވެސް "ދިރާގު ޓީވީ" މެދުވެރިކޮށް ވަގުތުން ބެލޭނެ ކަމަށެވެ.

"ރާއްޖޭގައި ދެމުންގެންދާ އެންމެ ހަލުވި އިންޓަރނެޓް ސްޕީޑާއި އެކު ދިރާގު އޭޑީއެސްއެލް އަދި މޯބައިލް އިންޓާރނެޓް މެދުވެރިކޮށް ލިބިގެންދާ މި ހިދުމަތަށް ރަޖިސްޓަރީ ކުރެއްވުމަށް އެއްވެސް ފީ އެއް ދައްކަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ އެވެ،" ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ މި ހިދުމަތް ލިބޭނީ ޕްލޭ ޖެއްސެވުމަށް ފަހު 404 އަށް މެސެޖެއް ކުރުމުން ލިބޭ ޔޫޒާ ނަމާއި ޕާސްވޯޑު ޖަހައިގެން ކަމަށެވެ. އަދި މި ޔޫޒާ ނަން ބޭނުންކޮށްގެން ފޯނާއި އައިޕެޑް އަދި މިނޫންވެސް ޑިވައިސްތަކުން www.play.mv މެދުވެރިކޮށް މި ހިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ޔޫޒާ ނަމާއި ޕާސްވޯޑް ބޭނުން ކޮށްގެން އެއްފަހަރާ ދެ ޑިވައިސްއިން މި ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ދިރާގު ޓީވީ މެދުވެރިކޮށް ރާއްޖޭގެ ލޯކަލް ހުރިހާ ޓީވީ ޗެނަލްތަކެއް މިހާރު ބަލާލެވޭ އިރު، ދިރާގުން މިހާރު އަންނަނީ ރާއްޖެއިންބޭރުގެ ތަފާތު ޗެނަލްތަކެއް ވެސް ދިރާގު ޓިވީ މެދުވެރިކޮއް ރީބްރޯޑްކާސްޓް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި އިތުރު ގިނަ ޗެނަލްތަކެއް ދިރާގު ޓިވީ މެދުވެރިކޮއް ބަލާލެވޭނެ އެވެ،" ދިރާގުން ބުނެފައިވެ އެވެ.