ވިޔަފާރި

ޓޫރިޒަމް "އޮސްކާ އެވޯޑު" ގައި ރާއްޖެއަށް ގިނަ ކާމިޔާބީ ތަކެއް!

Jul 5, 2015

"ވޯލްޑް ޓްރެވަލް އެވޯޑް" އަކީ ޓޫރިޒަމް ދާއިރާގެ އޮސްކާގެ ގޮތުގައި ބަލާ އެވޯޑެވެ. މި ދާއިރާގައި އެހާވެސް ޝަރަފުވެރި އެވޯޑެެކެވެ. މީގެ ގިނަ އެވޯޑުތަކެއް މި އަހަރު ވެސް ރާއްޖެއަށް ލިބުނެވެ. އެގޮތުން ދުނިޔޭގެ ޓޫރިޒަމްގައި ފާހަގަ ކޮށްލެވޭ ދެ ގައުމު ކަމަށްވާ ސީޝެލްސް އާއި މޮރިޝަސްގެ މައްޗަށް ކުރި ހޯދައި، އެންމެ ހިތްގައިމު އެވޯޑު ލިބުން ހިމެނެ އެވެ.

"ރާއްޖޭގެ ބީޗަކީ ހިތްގައިމު ތަކެއް. މި އެވޯޑުތައް ލިބުނު ބޮޑު އުފަލެއް،" ރާއްޖެއަށް ލިބުނު އެވޯޑުތަކާ ހަވާލުވުމަށް ފަހު ދެއްވި އިންޓަވިއުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވި އެވެ.

މި އަހަރު ރާއްޖެއަށް ލިބުނު ވޯލްޑް ޓްރެވަލް އެވޯޑުގެ ވަނަތަކުގެ ތެރޭގައި:

އިންޑިޔާ ކަނޑުގެ އެންމެ ހިތް ގައިމު ގޮނޑުދޮށްތައް އޮންނަ މަންޒިލަކަށް ދޭ ބީޗް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބުނީ ރާއްޖެ އަށެވެ.

އިންޑިޔާ ކަނޑުގެ އެންމެ ފުރިހަމަ އެއާޕޯޓަކަށް ދޭ އިންޑިއަން އޯޝަން ލީޑިން އެއާޕޯޓުގެ އެވޯޑު ލިބިފައިވަނީ ރާއްޖޭގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަ އެވެ.

އިންޑިއަން އޯޝަން ކަލިނަރީ ހޮޓެލްގެ އެވޯޑު ރާއްޖޭގެ ރޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށެވެ.

އިންޑިއަން އޯޝަން ލީޑިން ގްރީން ރިސޯޓުގެ އެވޯޑު ރާއްޖޭގެ ޕާކް ހަޔާޓް މޯލްޑިވްސް ހަނޑަހާ ރިސޯޓަށެވެ.

އިންޑިއަން އޯޝަން ލީޑިން ހޮޓެލް ސުވިޓްސް ރިސޯޓުގެ އެވޯޑު ލިބިގައިވަނީ ރޯޔަލް އައިލެންޑް ރިސޯޓުގެ ސުވިޓްސް އަށެވެ.

އިންޑިއަން އޯޝަން ލީޑިން އެއާޕޯޓް ހޮޓަލަށް ރާއްޖޭގެ ހުޅުލޭ އައިލެންޑް ހޮޓަލަށެވެ.

އިންޑިއަން އޯޝަން ލީޑިން ލަގްޒަރީ ރިސޯޓަކަށް ރާއްޖޭގެ ޝެވަލް ބްލޭންކް ރަންދެލި ރިސޯޓަށެވެ.

އިންޑިއަން އޯޝަން ލީޑިން ވޯޓާ ވިލާއަކަށް ހޮވިފައިވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ވޯޓާ ވިލާ އެވެ.

އިންޑިއަން އޯޝަން ލީޑިން ސީޕްލޭން އޮޕަރޭޓަކަށް ހޮވިފައިވަނީ ރާއްޖޭގެ ޓީއެމްއޭ އެވެ.

އިންޑިއަން އޯޝަން ލީޑިން ޓްރެވަލް އެޖެންސީއަކަށް ހޮވިފައިވަނީ ރާއްޖޭގެ ގެޓް އިންޓު މޯލްޑިވްސް ޓްރެވަލް އެޖެންސީ އެވެ.

އިންޑިއަން އޯޝަން ލީޑިން ވިލާ ރިސޯޓަކަށް ހޮވިފައިވަނީ ރާއްޖޭގެ އަޔާޑާ މޯލްޑިވްސް އެވެ.

އިންޑިޔާ ކަނޑުގެ އެންމެ ރޮމޭންޓިކް ރިސޯޓަކަށް ހޮވިފައިވަނީ ރާއްޖޭގެ ބަރޮސް އައިލެންޑް ރިސޯޓެވެ.

ރާއްޖެއަށް މީގެ ކުރިންވެސް މިފަދަ ގިނަ އެވޯޑު ތަކެއް ލިބިފައިވެ އެވެ. އެގޮތުން ރާއްޖެއަށް ލިބިފައިވާ ބައެއް އެވޯޑު ތަކުގެ ތެރޭގައި "ސެވަން ސްޓާ އެވޯޑު" އެވެ.