ހަބަރު

ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ރައީސް ޔާމީންގެ ކުޅަދާނަކަމުން: މޫސަ

Jul 7, 2015
1

ހުރިހާ ޕާޓީތަކެއް އެކުވެގެން ގާނޫނު އަސާސީ ރައީސް އަބްދުﷲ ޔާމީންގެ ކުޅަދާނަކަމުން ކަމަށް ވިދާޅުވެ، ތައުރީފް ކުރައްވައިފި އެވެ.

ލޯކަލް ކައުންސިލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި ހުރިހާ ޕާޓީތަކެއް އެކުވެ، އެކައްޗެއް ކިޔައިގެން އެކަން ކުރެވޭނެ މާހައުލެއް ފަހިކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި މިއީ ރައީސް އަބްދުﷲ ޔާމީންގެ ކުޅަދާނަކަން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ފަސޭހަކަމެއް ނޫން. އެކަމަކު ސަރުކާރުން ހުށަހަޅައިގެން ހުރިހާ ޕާޓީތައް އެކުވެގެން އެކަން ކުރެވޭނެ މާހައުލެއް ރައީސް ޔާމީން ފަހިކޮށްދެއްވީ. އެހެން ވީމާ މިއީ އެބޭފުޅާގެ ކުޅަދާނަކަން،" މޫސަ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރާއްޖޭގައި މިހާރު އިދިކޮޅު ޕާޓީއެއް ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީ ވިދާލަނީ ވެސް އެންމެން އެކުވެގެން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެހެން ވީމާ، "އަޅުގަނޑުމެންގެ ޕާޓީއޭ"، "މިއީ އިދިކޮޅު ޕާޓީއޭ" ކިޔައިގެން ވާހަކަ ދެއްކުމުގެ ހައްގެއް ނެތް ކަމަށް މޫސަ ވިދާޅުވި އެވެ.