ހަބަރު

ކުޅުދުއްފުށީގެ ސީކްއީން ބޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Mar 15, 2019
2

ހދ. ކުޅުދުއްފުއްޓާއި މާލެ ދޭތެރޭ ދަތުރުކުރާ "ސީ ކްއީން" ނަމަކަށް ކިޔާ ބޯޓެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި މިއަދު މެންދުރު 12:28 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.

ބޯޓުގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެހެންނަމަވެސް އިންޖީނު ރޫމުން ދުން އަރާތީ ދުން ބޭރުކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ސިފައިން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"ސީ ކްއީން" ބޯޓަކީ ފައިބަރުން ހަދާފައިވާ ބޮޑު ބޯޓެކެވެ. ކުޅުދުއްފުށީގައި މާލެ ދަތުރުކުރާ ބޮޑު ހަތަރު ބޯޓު އޮންނައިރު "ސީ ކްއީން" ބޯޓަކީ އެންމެ ފަހުން ދަތުރުތައް ފެށި ބޯޓެވެ.

ދާދިފަހުން ދަތުރުތައް ފެށި ބޯޓު ވަނީ އިއްޔެ ހަވީރު މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކޮށްފަ އެވެ. ކުޅުދުއްފުއްޓަށް އެ ބޯޓު ލެފީ މިއަދު ފަތިހު އެވެ.