ހަބަރު

ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ޖަލްސާގައި

Jul 15, 2015
2

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް، މަޖިލީހުގެ އިދާރާއިން އެޖެންޑާކޮށްފި އެވެ. ބެލެވޭ ގޮތުގައި އެ ޖަލްސާއަކީ ނައިބު ރައީސްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގައި ބަހުސް ކުރަން ބާއްވާ ޖަލްސާއެކެވެ.

އެ ޖަލްސާގެ އެޖެންޑާ މަޖިލީހުން އަދި މިހާތަނަށް އާންމުކޮށްފައި ނުވި ނަމަވެސް، ޖަލްސާ ބާއްވާނެ ކަން މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ މެންބަރުން މެސެޖުން އަންގައިފަ އެވެ. މި ހަފްތާ އެއްކޮށް މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފަ އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ މަޖިލީހުގެ މެންބަރަކު އަވަސް އަށް ވިދާޅުވީ އެ ޖަލްސާގައި އެޖެންޑާ ކުރާނީ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކަމަށެވެ. އަދި އެ މައްސަލައިގައި އެ ދުވަހު ބަހުސްކޮށް ގޮތެއް ނިންމޭ ވަރަށް މަސައްކަތް ގެންދެވޭތޯ ޕާޓީތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވީ އެވެ.