ހަބަރު

ދީބާޖާގެ ހުކުމް ތަންފީޒް ކުރުން ބާތިލްކޮށްދޭން އެދިއްޖެ

May 14, 2019
1

ހަތަރު އަތޮޅަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލު ކުރި ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭ ގޮތަށް ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކޮށްދޭން އޭޖީ އޮފީހުން އެދިއްޖެ އެވެ.

އޭޖީ އޮފީހުން ނޫސްބަޔާނެއް މެދުވެރިކޮށް ބުނީ ސިވިލް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދަނީ އެ ކޯޓުން ކަނޑައަޅާފައިވާ ކޯޓުން އިސް ނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރާ އުސޫލާ ހިލާފަށް ކަމަށެވެ.

އެ ބަޔާނުގައި ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލު ކުރަން ކަނޑައަޅާފައިވާ މުއްދަތަކީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 އިން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށެވެ.

ނަމަވެސް ހައި ކޯޓުން މިދިޔަ އަހަރު އެ ހުކުމް ބާތިލުކޮށްފައިވާ ކަމަށާއި ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ކުރި ހުކުމަށް ބަލައި، ސިވިލް ކޯޓުގެ ހުކުމަށް އަމަލު ކުރުމުގައި މުއްދަތު ގުނަން ފަށާނީ ސުޕްރީމް ކޯޓުން ހުކުމް ކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ.