ވިޔަފާރި

އޭސް ހާޑްވެއާގެ ނަސީބު ވެރިޔާއަށް ސައިކަލްދީފި

އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގެ "އެންމެންގެ ރޯދަ ސޭލް" ގެ ފަސް ވަނަ ނަސީބު ވެރިފަރާތަށް އިއްޔެ ސައިކަލު ހަވާލުކޮށްފި އެވެ.

ފަސް ވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ ތޮލްހަތް ހުސޭން އާއި މުހައްމަދު ޝުއާކް އެވެ. އޭނާއަށް ސައިކަލް ހަވާލު ކުރީ ކަލަ ބޭންކް ފިހާރައިގައި އެވެ. މި ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އާއި ކަލަ ބޭންކްގެ ފިހާރަތަކުން ވިޔަފާރި ކުރުމުން ގުރުއަތުން ދިމާވާ ނަސީބު ވެރިޔަކަށް ކޮންމެ 10 ދުވަހަކުން ސައިކަލެއް ދޭނެ އެވެ. ގުރުއަތަށް ދާނީ 300 ރުފިޔާއިން މަތިން ވިޔަފާރި ކޮށްގެނެވެ.

ބޮޑު ޑިސްކައުންޓް ތަކަކާއިއެކު ފެށި މި ޕްރޮމޯޝަން ޝޯޝަލް މީޑިއާގައިވެސް ކުރިޔަށް ދެއެވެ. މި ޕރޮމޯޝަންގެ އިނާމު ތަކުގެތެރޭ މެލޭޝިޔާ ދެކޮޅު ޓިކެޓު، ހިލޭ ރިސޯޓް ދަތުރުގެ އިތުރުން ކޮންމެ ހަފްތާއަކު 2 ފަރާތަކަށް ރޯދަ ވީއްލުން ލިބުމުގެ ފުރުސަތުވެސް އޭސް ހާޑްވެއާ އަދި ކަލަ ބޭންކުގެ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ލިބިގެންދާނެ އެވެ.

ކަލަ ބޭންކާއި އޭސް ހާޑްވެއާގެ މި ޕްރޮމޯޝަން ކުރިޔަށް ދާނީ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ކަލަބޭކުން ވިޔަފާރި ކޮށްގެން ކަސްޓަމަރުންނަށް ހިލޭ ކުލަ ވެސް ދެ އެވެ.

އޭސް ހާޑްވެއާއިން ބުނީ ކޮންމެ 10 ދުވަހަކުން ސައިކަލެއް ދޭ މި ޕްރޮމޯޝަން ފެށުމާއެކު ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަމަށާއި މި ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓް ހިމަނާފައިވާނެ ކަމަށެވެ.