ހަބަރު

ހަ މަސް ތެރޭ 5.7 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލި، 45 އޮޕަރޭޝަންގައި ކުއްތާ

Jul 18, 2015

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަސް ނިމުނުއިރު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 5768700 ރ. އަރަ ކަމަށާއި މަސްތުވާތަކެތި ހޯދަން 45 އޮޕަރޭޝަނެއްގައި ކުއްތާ ބޭނުން ކުރި ކަމަށް ފުލުހުން ބުނެފި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބުންީ މަސްތުވާ ތަކެތީގެ އެކި މައްސަލަތަކުގައި މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު 975 މީހުން ހައްޔަރު ކުރި ކަމަށާއި އެ މުއްދަތުގައި މަސްތުވާ ތަކެއްޗާ ގުޅުންހުރި 56 އޮޕަރޭޝަނެއް މާލެއާއި ރަށްރަށުގައި ހިންގި ކަމަށެވެ. އަދި އެގެތެރެއިން 45 އޮޕަރޭޝަނެއްގައި ކުއްތާ ބޭނުން ކޮށް މަސްތުވާ ތަކެތި އަތުލަން ކުއްތާގެ އެހީ ހޯދި ކަމަށެވެ.

އޮޕަރޭޝަން ތަކުގައި 975 މީހަކު ހައްޔަރު ކުރި އިރު ދިވެހި އަންހެނުންނާ ފިރިހެނުން އަދި ބިދޭސީން ވެސް ހިމެނޭއިރު މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި ރާއްޖެއަށް އަންނަ ބިދޭސީނާއި ރާއްޖޭގައި ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން ބޭނުންކޮއްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ބަންގުރަލުގެ މައްސަލަތަކުގައި ގިނަ ބަޔަކު ހައްޔަރު ކުރި ކަމަށް ވެސް ބުންޏެވެ.

މި އަހަރުގެ އޮޕަރޭޝަންތަކުގައި ގިނައަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންދެވުނު އިރު

ޖެނުއަރީން ޖޫން 30 އަށް މަސްތުވާތަކެތީގެ 1562 މައްސަލައެއް ފުލުހުންނަށް ހުށައެޅި އެވެ. މަސްތުވާ ތަކެއްޗާ ގުޅުންހުރި 1282 މައްސަލައެއްގެ ތަހުގީގު ނިންމައި 1167 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވިފައިވެއެވެ.