ހަބަރު

މުޅި ރާއްޖެއަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދެމުގެ ފުރުސަތު ހުޅުވާލައިފި

Jul 20, 2015

މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުޞަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ޢާންމުކޮށް ހުޅުވާލައިފިއެވެ.  

ބްރޯޑްކޮމް އިން ބުނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 24 ވަނަ މާއްދާއަށް ރިޔާއަތްކޮށް މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ފޯމް ހުށަހަޅަން މިއަދު ހުޅުވާލާފައިވާއިރު އެ ފުރުސަތު އަންނަ އޯގަސްޓް 18 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.  

"... މި މުއްދަތުގެ ތެރޭގައި ލައިސަންސްއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން އެގަވައިދާ އެއްގޮތަށް ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް ލައިސަންސް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ." ބްރޯޑްކޮމްގެ ވެބްސައިޓްގައި ވެއެވެ.

ލައިސަންސަށް އެދި ހުށަހަޅާ ފޯމު www.broadcom.org.mv އިން ޑައުންލޯޑް ކުރެވެ އެވެ.